ހަތަރެއްގެ ފަހުން ކިއުގައި ޖެހުމުގެ ފުރުސަތެއް ނުދެވޭނެ: އީސީ

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ހަވީރު ހަތަރެއްގެ ފަހުން އަންނަމީހުން ކިއުގައި ޖެހުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ ހަތަރެއްގެ ފަހުން އަންނަ މީހުންނަށް ކިއުގައި ޖެހުމުގެ ފުރުސަތު ނުދިނަސް ހަތަރެއްޖަހާއިރު ކިއުގައި ތިބި މީހުން ވޯޓުލައި ނިމެންދެން ފޮށިތައް ބަންދު ނުކުރައްވާނެ ކަމަށެވެ.

މިހާތަނަށް ވަނީ އެއްލައްކައަށްވުރެ ގިނަމީހުން ވޯޓުލައިފައެވެ. މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 264،589 އެވެ. މި އިންތިޚާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރައްވައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނީ ޖުމްލަ 501 ވޯޓު ފޮށި އިންތިޚާބަށްޓަކައި ބަހައްޓައުފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާ ވެސް އަވަހަކަށް ނުކު ވޯޓު ލުމުގެ ޙައްޤު އަދާކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.