ފަސްލައްކަ ރުފިޔާއާއެކު ތިޖޫރިއެއް ވަގަށް ނަގައިފި

ފަސްލައްކަ ފަންސާސް ހާސް ރުފިޔާއާއެކު ރ. އުނގޫފާރު ގެއެއްގައި ހުރި ތިޖޫރިއެއް ވަގަށްނަގައިފިއެވެ.

ފުލުހުން ވިދާޅުވީ އެއީ އެރަށުގައި ހިންގާ "ވެސްޓް ބީޗް ރެސްޓޯރެންޓް" ގެ ވެރިމީހާގެ ގޭގައި ހުރި ތިޖޫރިއެއް ކަމަށެވެ.

މިއަދު މެންދުރު 1:30 އެހައިކަންހާއިރު ހިންގި މި ވައްކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ޢުމުރުން 27 އަހަރުގެ މީހަކު ބަންދު ކޮށްފައެވެ. އޭނާ ބަންދު ކޮށްފައިވަނީ ކޯޓު އަމުރެއް ހޯދައިގެންނެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.