ޕޫނަމް ދިލޯންގެ ދަރިފުޅު ފިލްމީ ދާއިރާއަށް ނެރޭނީ ސަންޖޭ ލީލާ ބާންސާލީ

އަނިލް ކަޕޫރްގެ ދަރިފުޅު ސޯނަމް ކަޕޫރް އާއި ރިޝީ ކަޕޫރްގެ ދަރިފުޅު ރަންބީރް ކަޕޫރް ފިލްމީ ދާއިރާ އަށް ތައާރަފްކޮށްދިނީ ސަންޖޭ ލީލާ ބާންސާލީ އެވެ. އެއީ 2007ވަނަ އަހަރުއެވެ. ސަންޖޭ ލީލާ ބާންސާލީ އަކީ ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޕްރޮޑިއުސަރެކެވެ. މިހާރު އޭނާވަނީ ޕޫނަމް ދިލޯންގެ ދަރިފުޅު އަންމޯލް ތަކޭރިއާ ބޮލީވުޑަށް ތައާރަފް ކުރުމަށް ތައްޔާރުވެފައެވެ.

މުނިފޫހިފިލުވުމުގެ ކަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައިވާ ގޮތުގައި އަންމޯލް ތަކޭރިއާ ތައާރަފް ކުރާ ފިލްމަށް ދީފައިވާ ވަގުތީ ނަމަކީ "ޓިއުޒްޑޭއިސް އެންޑް ފްރައިޑޭސް ' އެވެ. އަދި ލަންޑަންގައި ފިލްމު ޝޫޓިން ފަށާފައިވާ ކަމަށްވެސް ވެބްސައިޓުގައި ލިޔެފައިވެއެވެ. ފިލްމުގެ ޝޫޓިން ފެށިނަމަވެސް ފިލްމުގެ އިސްރޯލު ކުޅޭނެ އަންހެން ތަރިއެއް އަދި ނިންމާފައެއް ނުވެއެވެ. ވެބްސައިޓުގައި ބުެނފައިވާ ގޮތުން އަންމޯލް ތައާރަފް ކުރަން އުޅޭ ވާހަކަ ބާންސާލީ ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ. އަދި ފިލްމުގެ މަސައްކަތަށް ވަރަށް އަވަހަށް ޓީ-ސީރީސް އާ ބާންސާލީ ގުޅޭނެ ކަމަށްވެސް މި ވެބްސައިޓުގައި ބުނެފައިވެއެވެ

ޕޫނަމް މީގެ ކުރީން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މީގެ އުމުރން 24 އހަަރު ވުމުގެ ކުރީން ފިރިހެން ކުދީން ޝޯބިޒް އަށް ވަދެގެން ނުވާނެއެވެ. ސަބަބެއްކަމަށް އޭނާ ބުނީ ސްކްރީނުގަިއ މަސައްކަތް ކުރެވޭނީ ރަނގަޅަށް ވިސްނުން ތަރައްގީ ވުމުންނެވެ. އަންމޯލް އަށް ގިނަ ހުށަހެޅުން ލިބެމުންދިޔަ ކަމަށްވެސް އޭރު ޕޫނަމް ބުންޏެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.