މިނިސްޓަރ މަހުލޫފާ މެދު ރައީސް އަދި ގޮތެއް ނުނިންމަވާ: ތަރުޖަމާނު

ކޮރަޕްޝަން މައްސަލައެއްގެ ތުހުމަތުގައި ގޭގައި މަޑު ކުރައްވަން އަންގަވާފައިވާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަޙުމަދުމަދު މަހުލޫފް އަލުން އޮފީހަށް ނުކުންނެވުމާމެދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ބެލެވޭ ފައިސާތަކެއް މަހުލޫފު އެކައުންޓަށް ވަދެފައިވާތީ ރައީސް ވަނީ މަހުލޫފް ގޭގައި މަޑުކުރައްވަން އަންގަވައިފައެވެ. އެހެންނަމަވެސް އޭނާގެ އެ މައްސަލަ ބެއްލެވުމަށްފަހު އެންޓިކޮރަޕްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އެކަމުގައި މިނިސްޓަރ މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށެވެ. އެކަމާ ގުޅިގެން ތަރުޖަމާނު ހޫދާ ސުވާލު ކުރުމުން ވިދާޅުވީ ރައީސް އޮފީހުން ގެންދަވަނީ މަހުލޫފްގެ މައްސަލަ ބައްލަވަމުން ކަމަށެވެ. އެގޮތުން އެންޓިކޮރަޕްޝަންސް ކޮމިޝަނުގެ ނިންމެވުން ވެސް ބައްލަވުމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ބެއްލެވުމަށްފަހު ރައީސް ނިންމަވާ ގޮތެއް މީޑިއާއަށް ހާމަކޮށްދެއްވާނެ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.