މަރާމާތަށްފަހު އައްޑޫ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރ ރައީސް ހުޅުއްވައި ދެއްވައިފި

ރައީސް އައްޑޫ ޑްރަގުރިހިބިލިޓޭޝަން ސެންޓަރ ހުޅުއްވައި ދެއްވަނީ: ފޯޓޯ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ވެރިކަމުގައި އައްޑޫ ސިޓީ ހިތަދޫގައި ހުޅުވި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރ މަރާމާތު ކުރުމަށް 2016 ވަނަ އަހަރު ބަންދު ކުރުމަށްފަހު މިއަދު އަލުން ހުޅުވައިފިއެވެ.

އެތަން މިއަދު ހުޅުވައި ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނެއެވެ. އަލުން އެތަން ހުޅުވިއިރު ޑިޓޮކްސިފިކޭޝަން ފަރުވާއި، އެޑުމިޓްކޮށްގެން ފަރުވާ ދިނުމުގެ އިންތިޒާން ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން އެތަނުން ލިބެމުން އައީ ހަމައެނި ކޮމިޔުނިޓީ ޚިދުމަތް އެކަންޏެވެ.

އައްޑޫސިޓީ މަރަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އައްޑުއަށް 5.3 ބިލިއަން ރުފިޔާގެ މެގަ މަޝްރޫޢެއް އިޢުލާން ކުރައްވައިފައެވެ. އެ މަޝްރޫޢުގެ ދަށުން ރާއްޖޭގައި އަޅާ އެންމެ ބޮޑު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރ އަޑޫގައި އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.