ކޮލަމާފުށިން ތިޖޫރިއެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ބަންދުކޮށްފި

ސ. ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރުގެ ތިޖޫރި ވަގަށް ނަގައި އެއްލާލައިފައި: ފައިލް ފޮޓޯ ޕޮލިސް

ގއ. ކޮލަމާފުށީ ގެއަކުން ތިޖޫރިއެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި މިއަދު ދެމީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެ މައްސަލާގައި ބަންދުކޮށްފައިވަނީ ޢުމުރުން 28 އަހަރުގެ ފިރިހެނަކާއި، 32 އަހަރުގެ ފިރިހެނެކެވެ.

އެ ތިޖޫރި ވަގަށް ނަގައިފައިވަނީ ފެބުރުވަރީ 26 ވަނަދުވަހުގެރޭ 22:46 ގައެވެ. ފުލުހުންވަނީ ތިޖޫރި ވެސް ހޯދައިފައެވެ. ތިޖޫރި ފެނިފައިވަނީ އެރަށު ވަލުތެރެއިނެވެ. ތިޖޫރި ގެއްލުނުއިރު އޭގައި ހުރީ 13510 ރުފިޔާއެވެ. އޭގެތެރެއިން 11010 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ ފައިސަގެ ތެރެއިން 1000 ރުފިޔާ ފެނިފައިވަނީ އެ މައްސަލައިގައި ބަންދުކުރި ދެ މީހުންގެ ތެރެއިން 28 އަހަރު މީހާގެ އަތުންނެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަޙުޤީގު ކުރަމުންނެވެ. ވައްކަމާއި ފޭރުމުގެ މައްސަލަ މިހާރުވަނީ އިތުރުވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.