ބިދޭސީއެއްގެ އަތުން ފޭރުނު މީހަކު ބަންދުކޮށްފި

މިއަދު ހެނދުނު 7:57 އެހައިކަންހާއިރު ބިދޭސީއެއްގެ އަތުން ފޭރުނު 26 އަހަރުގެ މީހަކު، ފޭރުނު ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމީހާ އަތުން ފޭރިގެންފައިވަނީ ފޯނަކާއި އެއްހާސް ރުފިޔާއެވެ. ފާށާނާކިލެގެ މަގުން އެމީހާ ހިނގާފައި ދަނިކޮށް އެތަކެތި ފޭރިގަނެގެން ދުއްވައި ގަތުމުން އެމީހާގެ ފަހަތުން ގޮސް ހިފަހައްޓައިފައިވަނީ އެވަގުތު އަސަރަޙައްދުގައިހުރި ފުލުހެކެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މިފަދަ މައްސަލަތައް މިހާރުވަނީ ޢާއްމު ކަމަކަށްވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.