ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ ދަޢުވާ އަނބުރާ ގެންދިޔުމަށް އެދި މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރީއްޔާ އަދި ޕީޕީއެމްގެ ރައީސްގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދަޢުވާ އަނބުރައި ގެންދިޔުމަށް އެދި ގޮވާލާ ޤަރާރެއް ރައްޔިންތުގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަޙުމަދު ޝިޔާމެވެ. މިއަދު ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވެފައިވަނީ ޕީޕީއެމުން ބުނަމުން އަންނަފަދައިން ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެއީ ސިޔާސީ ނުފޫޒުން ޕީޖީ އުފުއްލެވި ދަޢުވާއެއް ކަމަށް ވެސް ޤަރާރުގައި ވެއެވެ. ޔާމީން ބަންދު ކުރައްވައިފައިވަނީ ހެކިފޮރުއްވުމަށް މަސައްކަތް ކުރައްވައިފާނެތީއެވެ. އެހެންނަމަވެސް މިއަދު  ހުށަހެޅުއްވި ގަރާރުގައި ވަނީ ހެކިފޮރުވުމަށް އެމަނިކުފާނު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ބަންދު ކުރައްވައިފައިވަނީ އެމްއެމްޕީއާރުގެ ޚިޔާނާތުގެ ފައިސާ ކަމަށް ބުނާ ފައިސާގެ ތެރެއިން ފައިސާތަކެއް އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާވެފައިވާ މައްސަލައިގައެވެ. އެ މައްސަލަ ތަޙުޤީގު ކުރުމަށްފަހު މިހާރުވަނީކޯޓަށް ފޮނުވައިފައެވެ. ކޯޓުން ވަނީ މައްސަލައިހެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓެވުމަށް ޙުކުމް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.