ވެހިކަލް ތަކުގައި މިއަދުން ފެށިގެން ސްޓިކާ ޖަހަނީ

ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި މިއަދުން ފެށިގެން ސްޓިކާ ޖަހާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދުން ފެށިގެން އެފަދަ ވެހިކަލްތަކުގައި ސްޓީކާ ޖަހަން ނިންމީ ޤަވާޢީދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން މަގު ހިނގާ އެހެން މީހުންނަށް ދަތިވެ އެކަމުގެ ޝަކުވާ ކުރަމުންދާތީ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދުން ފެށިގެން ސްޓިކާ ޖަހާނީ ފުލުހުން ކަނޑައަޅައިފައިވާ ޚާއްސަ ސަރަޙައްދު ތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ ވެހިކަލް ތަކުގައެވެ.

އެގޮތުން ފުލުހުން ކަނޑައަޅާފައިވާ ސަރަޙައްދު ތަކަކީ، މިސްކިތްތައް ކައިރި، ދުވާރާއި، ކަފިހިހުރަހާއި، މަގާއި ގޯޅިތަކުގެ ކަންމަތި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ބޭންކުތަކުގެ ކައިރިއެވެ. އޭގެ އިތުރަށް ބޮޑުތަކުކުރުފާނު މަގުގައި ތާރައަޅާފައިވާ ސަރަޙައްދާއި، ފުލުހުންގެ ކޯން ނުވަތަ ބެރިކޭޑު ބަހައްޓަފައިވާ ސަރަޙައްދާއި، ޑަބަލް ލައިން ދާމާފައިވާ ސަރަޙައްދުތައް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ސަރުކާރުން ކުރިން ނިންމާފައިވަނީ ވެހިކަލްތަކުގައި ސްޓީކާ ނުޖާހާ ގޮތަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.