މާލޭގައި 54 އެކްސިޑެންޓް ހިނގައި ވިހި މީހަކަށް އަނިޔާވެފައިވޭ

އައްޑޫ ސިޓީ ލިންކު ރޯޑުގައި ފުލުހުން ހަރަކާތްތެރިވަނީ

މިދިޔަ ހަފުތާ، މާލޭގައި 54 އެކްސިޑެންޓް ހިނގައި 20 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އޭގެ އިތުރަށް އެކި މައްސަލަތަކާ ގުޅިގެން 12 މީހެއްގެ ލައިސަންސް ވެސް ވަނީ ހިފަހައްޓައިފައެވެ.

ފުލުހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި މާލެ އިން 502 އުޅަނދެއް ބަލައި މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފައެވެ. އޭގެތެރެއިން 12 ވެހިކަލަކާއި 16 ސައިކަލެއް ވަނީ ޓޯކޮށްފައެވެ.

މި ބެލި ބެލުމުން ލައިސަންސް ނެތި ދުއްވުމުގެ 89 މައްސަލައެއް ފާހަގަވެފައިވާ ކަމަށް ހިސާބުތައް ދައްކައެވެ. އަދި އަތުގައި ލައިސަންސް ކާޑު ނެތި ދުއްވުމުގެ 47 މައްސަލައެއް ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އަހަރީ ފީ ނުދައްކާ 25 މައްސަލައަކާއި، ރޯޑްވާދިނަސް ނަހަދާ ދުއްވުމުގެ 19 މައްސަލައަކާއި އިންޝުއަރެންސް ނެތި ދުއްވުމުގެ 29 މައްސަލައަކާއި ބާރަށް ދުއްވައިގެން 13 މައްސަލައެއް ވަނީ ފާހަގަވެފައި ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.

ފުލުހުން ޢާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ 814 އުޅަނދެއްގައި ސްޓިކާ ޖަހައިފައިވެއެވެ. އޭގެ އިތުރަށް 18 އަހަރުން ދަށުގެ ކުޑަކުދިން އުޅަނދު ދުއްވުމުގެ މައްސަލަތަކާއި، ޓްރެފިކް ލައިޓްތަކަށް ބެލުމެއްނެތި ދުއްވުމާއި، ހެލްމެޓު ނާޅައި ދުއްވުމާއި ދުއްވާއިރު ހެޑުސެޓު އަޅައިގެން ދުއްވުން ފަދަ މައްސަލަތައް ވަނީ ފާހަގަ ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.