ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 403 ކެންޑިޑޭޓުން ކުރިމަތި ލައިފި

މިއަހަރު އެޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވާ މުއްދަތު ހަވީރު 4:00 އަށް ހަމަވެއްޖެއެވެ.

މުއްދަތު ހަމަވިއިރު ކެންޑިޑެސީ ފޯމް ހުށަހަޅައިފައިވަނީ ޖުމްލަ 403  ބޭފުޅުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 87 އިންތިޚާބީ ދާއިރާ ހިމެނެއެވެ. އިތުރުވޯ މާލެސިޓީއަށް އިތުރުކުރި ދެދާއިރާއެވެ. މި އިންތިޚާބުގައި އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރެއެވެ. އެޕާޓީން ވާދަނުކުރައްވަނީ ހަމައެކަނި ފ. ނިލަންދޫ ދާއިރާއަށެވެ. ޖޭޕީން ވަނީ 42 ދާއިރާއަށް ކުރިމަތިލައިފައެވެ. ޢަދާލަތުން ބުނެފައިވަނީ އެޕާޓީން ވާދަކުރަނީ 8 ދާއިރާއަށް ކަމަށެވެ. އެމްއާރުމުން ގިނަވެގެން ވާދަކުރައްވަނީ 26 ދާއިރާއަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޕްރޮގްރެސިވް ކޯލިޝަނުން 50 ދާއިރާއަކަށް ވާދަކުރާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިޕާޓީތަކުގެ އިތުރަށް އެހެން ޕާޓީތަކުން ވެސް އިންތިޚާބުގައި ވާދަކުރެއެވެ. ވަކިވަކި ޕާޓީތަކުންނައި، އަމިއްލަ ގޮތުން ކުރިމަތިލި މެމްބަރުންގެ ޢަދަދު ވަރަށްއަވަހަށް ހާމަކުރައްވާނެ ކަމަށް އީސީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.