ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ޙަރަކާތެއް ރަސްފަންނުގައި

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބާއްވާ މަގުމަތީ ޙަރަކާތެއް ރަސްފަންނުގައި އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

މިޙަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން މިރޭ 10:00 އަށެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި ޙަރަކާތުގެ ތެރެއިން އެންމެންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.

ރައްޔިތުންގެ މަޖިލީސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހު 6 ވަނަ ދުވަހުއެވެ. މަޖިލީހުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމު ކުރައްވައި، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިލެއްވީ އިއްޔެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ 9 ވަނަ ދުހުއެވެ. ވޯޓާސް ލިސްޓު ނުވަތަ ވޯޓުލެވޭ މީހުންގެ ލިސްޓް މިހާރުވަނީ ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރައްވައިފައެވެ.

މަޖިލީސް އިންތިޚާބުގައި ވޯޓު ލުމުގެ ޙައްގު މިފަހަރު ލިބިފައިވަނީ 264،589 މީހުންނަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.