ސޯޅަ މީހުންނާއެކު ދަތުރު ކުރަމުންދިޔަ ރަވާނާ ބޯޓުގައި ރޯވެ ބޮޑެތި ގެއްލުން ވެއްޖެ

ރަވާނާގައި އަލިފާން ރޯވެ އަނދަމުންދަނީ: ފޮޓޯ އެމްއެންޑީއެފް

ފ. ފިލިތެޔޮ ކައިރިން ދަތުރު ކުރަމުންދިޔަ "ރާވާނާ" ނަމަކަށް ކިޔާ ފުވައްމުލަކު ބޯޓެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފަތިހު 4:45 އެހައިކަންހާއިރު އެމަޢުލޫމާތު ލިބުމާއެކު ބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ޙާދިސާގެ ސަބަބުން އެދޯނީގެ ބޮޑުބައެއް ވަނީ އަޑީގައި ކަމަށެވެ. އޭގައި ތިބި 16 މީހުން މިހާރުވަނީ އެހެން ދޯންޏަކަށް ނަގައިފައެވެ. އެ މީހުން ސީއެމްބިޔުލާންސްގައި ދ. މީދޫއަށް ގެންދިޔުމަށް މިހާރުދަނީ ދަތުރު ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެ ތެރެއިން އެކެއްގެ ޙާލު ސީރިއަސް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.އޭނާ ވަނީ ފ. ނިލަންދުއަށް ގެންގޮސްފައެވެ.

އެ މީހުން ސީއެމްބިޔުލާންސްގައި ދ. މީދޫއަށް ގެންދިޔުމަށް މިހާރުދަނީ ދަތުރު ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެ ތެރެއިން އެކެއްގެ ޙާލު ސީރިއަސް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭނާ ވަނީ ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެހެންނަމަވެސް ނިލަންދޫ ހޮސްޕިޓަލުން ވިދާޅުވީ އޭނާ ގެނައިއިރު ވެސް ވަނީ ނިޔާވެފައި ކަމަށެވެ.

ނިޔާވެފައިވަނީ ޢުމުރުން 62 އަހަރުގެ ފުވައްމުލަކު ފިރިހެނެކެވެ. ހޮސްޕިޓަލުން ވިދާޅުވީ އޭނާއަށް އެއްވެސް އަނިޔާއެއް ވެފައިވާކަން ބޭރުފުށުން ފެންނާންނެތް ކަމަށެވެ. "އޭނާ ނިޔާވެފައިވަނީ މޫދަށް ފުންމާލުމުން ފިނިބޮޑުވެގެން ކަމަށްވުން އެކަށީގެންވޭ. އަދި ޙާދިސާގެ ސަބަބުން ހާޓުއެޓޭކެއް ޖެހުނީކަމަށް ވެސް ލަފާކޮށްފައިވޭ. ނިޔާވީ ސީދާ މިހެންނޭ ދަންނަވަންނޭނގޭ،" ނިލަންދޫ ހޮސްޕިޓަލް ހިންގެވުމާ މިވަގުތު ޙަވާލުވެ ހުންނެވި ޢަބްދުލްކަރީމް މުޙައްމަދު ވިދާޅުވިއެވެ. އޭނާ އަދިވެސް އޮތީ ނިލަންދޫ ހޮސްޕިޓަލުގައެވެ. އޭނާ ފުވައްމުލަކަށް ގެންދިޔުމުގެ މަސައްކަތް ޢާއިލާގެ ފަރާތުން ދަނީ ކުރަމުނެވެ.

ރަވާނާ ބޯޓުވަނީ ވަރަށް ބޮޑަށް އަނަދައިފައި: ފޮޓޯ ޕޮލިސް

ފުލުހުން ވިދާޅުވީ ރަވާނާ ބޯޓުގައި ރޯވުމުން އޭގައިތިބި 16 މީހުން ވަނީ ލައިފްޖެކެޓު އަޅައިގެން ކަނޑަށް ފުންމާލައިފައި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 9 ބިދޭސީންނާއި 7 ދިވެހިންނެވެ. މިހާދިސާގައި އެއްވެސް މީހެއްގެ ގައިގައި ރޯވެ އަލިފާނުގެ އަސަރެއް ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. ކަނޑަށް ފުންމާލި މީހުން ނަގައިފައިވަނީ އެވަގުތު އެސަރަޙައްދުން ދަތުރުކުރި ހުޅުދެލީ ދޯންޏަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެދޯނިން އެމީހުން ގެންދިޔައީ ހުޅުދެއްޔަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރަވާނާގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް ސިފައިން މަސައްކަތް ކުރަނީ: ފޮޓޯ އެމްއެންޑީއެފް

އެމްއެންޑީއެފްގެ ފަޔަރ ޓީމް މިހާރުދަނީ ބޯޓު އޮތް ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ކަމަށާއި ބޯޓުގެ ގެގަނޑު އަނދާފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ މާލެއިން ފުރައިގެން ދ. ވާނީއަށް ދަތުރު ކުރަމުންދިޔަ އުޅަނދެކެވެ.

ބޯޓުގައި ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.