ޑެންގޫއަށް ޕޮޒިޓިވްވި ކުދިންނަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި

ޑެންގޫއަށް ޕޮޒިޓިވްވެގެން ފ. ފީއަލީ އިން މިރޭ މާލެ ގެނައި 6 ކުދިންނަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ފަރުވާދޭން ފަށައިފިއެވެ.

އެކުދިން މާލެ ގެނެސްފައިވަނީ އެމްއެންޑީއެފް ކޯސްޓު ގާޑުގެ ސީ އެމްބިއުލާންސްގައެވެ. ސީއެމްބިޔުލާންސް ކޯސްޓްގާޑު ބިލްޑިން ކުރިމައްޗަށް އެކުދިންނާއެކު ލެފީ މިރޭ 9:40 އެހައިކަންހާއިރުއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ޑޮކްޓަރުން ގެންދަވަނީ އެކުދިން ބައްލަވަމުން ކަމަށެވެ. "ޑޮކްޓަރުން ގެންދަވަނީ ކުދިން ބައްލަވަމުން. ކުދިންނާ ބެހޭގޮތުން އިތުރު މަޢުލޫމާތެއް ދެވޭނީ ޑޮކްޓަރުން ބައްލަވައި ނިމުމުން،" އައިޖީއެމްއެޗުގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ފީއަލީން ވަނީ ޑެންގޫއަށް ޕޮޒިޓިވްވި މާލޭ ފޮނުވައިފައެވެ. އެކުދިން މާލޭ ފޮނުވައިފައިވަނީ އެރަށުން ދޭނެ އިތުރު ފަރުވާއެއް ނެތުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.