ރައީސުލްޖުމްހޫރިއްޔާ ސްރީ ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ފޮޓޯ؛ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިޙް ސްރީ ލަންކާގެ 71ވަނަ މިނިވަން ދުވަހުގެ ޙަފްލާ ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޙަފްލާ ބާއްވާފައިވަނީ ސްރީ ލަންކާގެ ގޯލް ފޭސް ގްރީން ގައެވެ. މި ޙަފްލާގައި ސްރީ ލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ލަންކާ ސަރުކާރުގެ އިސްވެރިންނާއި ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރީން ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުްނ ފަޒްނާ އަޙްމަދާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިނގިރޭސިންގެ އަތް ދަށުން ލަންކާ އަށް މިނިވަންކަން ލިބުނީ 1948ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4ވަނަ ދުވަހު އެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.