ސިއްރު ފެންފުށީގެ ޢީމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ

ސިއްރު ފެންފުށި ރިސޯޓުގައި މަސައްކަތް ކުރައްމުންދިޔަ މީހަކު ޢިމާރާތަކުން ވެއްޓެ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެ ޙާދިސާގައި މަރުވެފައިވަނީ ޢުމުރުން 22 އަހަރުގެ ދިވެއްސެއް ކަމަށެވެ. ފުލުހުން ވިދާޅުވެފައިވަނީ އޭނާ ޢިމާރާތުން ވެއްޓުމުން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައި ކަމަށެވެ. އޭނާ މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްނެވެ.

މި މީހާއާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ވެސް ހާމައެއް ނުކުރެއެވެ. އަދި ހޮސްޕިޓަލުން ވެސް އޭނާއާ ބެހޭ މަޢުލުމާތެއް ލިބޭގޮތެއް ނުވިއެވެ. ފުލުހުން މިހާރު ގެންދަނީ އެކަން ހިނގިގޮތް ބަލަމުންނެވެ. މި ޙާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 11:30 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.