ޕީއެންސީ ރަޖިސްޓްރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކޮށްދެއްވައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމަނުއްވައިފިއެވެ. އަދި އެޕާޓީ ރަޖިސްޓަރީ ކޮށްދެއްވި ކަމުގެ ލިޔުން ނުވަތަ ސެޓިފިކެޓް ވެސް މިރޭ ވަނީ ޕީއެންސީއާ ޙަވާލު ކުރައްވައިފިއެވެ.

އެޕާޓީ ރަޖިސްޓްރީ ކޮށްދެއްވި ކަމުގެ ލިޔުން ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިރޭ 11:00 ގައި އީސީ އޮފީހުގައެވެ.

އެޕާޓީގެ ރަޖިސްޓްރީ ސެޓްފިކެޓް އީސީގެ ފަރާތުން ޙަވާލުކޮށް ދެއްވީ ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް އާދަމެވެ. ސެޓްފިކެޓާ ޙަވާލުވެ ވަޑައިގެންނެވީ ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ޕީއެންސީ ވުޖޫދު މިވީ ބައެއް ކަހަލަ މައްސަލަތަކާ ކުރިމަތި ލެއްވުމަށްފަހުގައެވެ. އެޕާޓީއަކީ ޕީޕީއެމްގެ އިސްބޭފުޅުން އެޕާޓީން ވަކިވެ ވަޑައިގެން އުފެއްދެވި ޕާޓީއެކެވެ. ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވެސް މިހާރުވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.