ޓީ.އެފް.ޖީ ދުވުން އިފްތިތާޙު ކޮށްދެއްވުމަށް ރައީސް ލާމަށް ފުރައިވަޑައިގެންފި

ފޮޓޯ:ރައީސް އޮފީސް

ޓީ.އެފް.ޖީ އިން ލ. ގަމުގައި ބާއްވާ މެރެތަން ދުވުން އިފްތިތާޙު ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ލ. އަތޮޅަށް ފުރައިވަދައިގެންފިއެވެ. ދުވުން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވުމުގެ އިތުރުން ރައީސް މި މެރަތަންގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.

ހައްދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި ލ. ފޮނަދޫއަށާއި، ލ. ގަމަށް ޒިޔާރަތްކުރައްވައި އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ރައީސް ބައްދަލުކުރައްވާނެއެވެ. 

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދް ބައިވެރިވެ ވަޑައިގަންނަވައެވެ. ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއގައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.