އައްޑޫ ސިޓީއަށް ޔެލޯއެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓު އޮފީހުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.

އައްޑުއަށް ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓްނެރެފައިވަނީ ހަވީރު 6:00 ގައެވެ. ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާ ވަގުތަކީ 6:15 އިން މިރޭ 9:15 އާ ހަމައަށެވެ.

މެޓު އޮފީހުންވަނީ މިއަދު ވަނީ ހުވަދުއަތޮޅަށް ވައިޓް އެލާޓްވެސް ނެރެފައެވެ. ޖުމްލަކޮށް މުޅި ދެކުނަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވިދާޅުވެފައިވެއެވެ.

މާދަމާ ހެނދުނަށް ރާއްޖޭގެ މޫސުން ލަފާކުރާއިރު ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ވިދާޅުވެފައިވެއެވެ. ބައެއް ރަށްތަކަށް ގުގުރުމައިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، މެދުތެރޭގެ ބައެއްރަށްތަކަށް ވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވިދާޅުވެފައިވެއެވެ. އަދި އުތުރު އަތޮޅުތަކަށް ވަރޭވެހުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އުތުރާއި މެދުތެރޭ އަތޮޅުތަކަށް، އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވެއްޖެހޭނެއެވެ. ދެކުނުއަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވިދާޅުވިއެވެ.

އުތުރާއާއި މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެއެވެ އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ.

ދެކުނު އަތޮޅުތަކަށް ބޯކޮށްވާރޭވެހި އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަކީ އެދެވިގެންވާކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.