"އަދީބު ފުލުހުންގެ ބަންދުން ވީއްލާނީ ތަހުޤީގުނިމުން"

gdfgdfg

ހަތިޔާރު ގެންގުޅުމާއި، ޓެރަރިޒަމް ކުށް ސާބިތުވެ ޖުމުލަ 25 އަހަރުގެ މުއްދަތެއް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާ، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ފުލުހުންގެ ބަންދުން، ޖަލުތައް ބަލަހައްޓާ އިދާރާގެ ބެލުމުގެދަށަށް ބަދަލުކުރެވޭނީ، އަދީބުގެމައްޗަށް ހިންގަމުންދާ ހުރިހާ ތަހުޤީގެއް ނުމުމުންކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އަދީބުގެ މައްޗަށް 2 ޖަލުޙުކުމެއް އައިސް އެޙުކުމްތައް ތަންފިޒުކުރަމުންދާއިރު، އަދިވެސް އޭނާ ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެދަށަށް ބަދަލުނުކުރާތީ، އަދީބުގެ ޤާނޫނީ ވަކީލު ވަކީލް މުސާ ސިރާޖުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އޭނަވަނީ ކޮމިޝަނާރ އޮފް ޕޮލިސް އަހުމަދު އަރީފަށް މިކަމާގުޅޭގޮތުން ސިޓީއެއްވެސް ފޮނުއްވާފައެވެ.

އެ ސިޓީއެއްގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް އަދީބު ޖަލަށް ބަދަލުކޮށް ދިނުމަށް އެދޭކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އަދީބާ ގުޅޭ ގޮތުން ފުލުހުން އަދިވެސް އިތުރު މައްސަލަތަކެއް ތަހްގީގު ކުރަމުންދާކަމަށެވެ. އެހެންކަމުން ފުލުހުންގެ ބަންދުގައި އަދީބް ބަހައްޓާފައި ހުރީ އެ މައްސަލަތައް ނިމެންދެން ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.