ސިއްރު ހެކީގެގޮތުގައި އަދީބާދެކޮޅަށް 13 ހެއްކެއް ހުށަހަޅައިފި

images

މިދިޔަ ސެޕްޓެމްބަރުމަހުގެ 28 ވަނަދުވަހު ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލާގައި، އެބޮން ގޮއްވާލުމުގައި އެންމެ އިސްކޮށްހުންނެވީ އޭރުގެ ނއިބުރައީސް އަހުމަދު އަދީބުކަން ސާބިތުކުރުމަށް ދައުލަތުން 13 ހެއްކެއް ސިއްރު ހެކީގެގޮތުގައި ހުށަހަޅައިފިއެވެ.
މިމައްސަލައިގެ މިއަދުގެ ޝަރީޢަރުގެ އަޑުއެހުމުގައި ދައުލަތުން ސިއްރުހެކީގެގޮތުގައި 13 ހެއްކެއް ހުށަހަޅާފައިވާއިރު، އަދީބުގެ ފަރާތުން ވަނީ ދިފާޢީ ހެކިވެސް ހުށަހަޅާފައެވެ. އެގޮތުން ދިފާއީ ހެކީންގެ ގޮތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމުގެ ނަންފުޅާއި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ނަން ފުޅު އަދީބުގެ ފަރާތުން ވަނީ ދިފާޢީ ހެކިންގެގޮތުގައި މިއަދު ކޯޓަށް ހުށަހަޅާފައެވެ. އަދީބުގެ އިތުރުން އޭނާގެ ދެބޮޑީގާޑުންގެ ގޮތުގައި ކުރިން މަސައްކަތް ކުރި އަހްމަދު އާމިރާއި ހަސަން ރިކާޒުވެސް ވަނީ އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއިން ދިފާޢުވުމަށް ދިފާޢީ ހެކިންގެގޮތުގައި ރައީސް މައުމޫނާއި ރައީސްގެ އަނބިކަނބަލުންގެ ނަންފުޅު ހުށަހަޅާފައެވެ.

ރައީސް މައުމޫންގެ ނަންފުޅު ހުށަހެޅާފައިވަނީ ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ފިނިފެންމާ ލޯންޗްގައި ދަތުރެއް ކުރެއްވިކަން ސާބިތު ކުރުމަށެވެ.
ރައީސްގެ އަނބިކަނބަލުންގެ ނަންފުޅުހުށަހެޅީ އެކަމަނާއާއި ރައީސް ޔާމީން، ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހު އެއާޕޯޓުން މާލެ ވަޑައިގެންނެވި އިރު އެދެކަނބަލުންގެ ދަރިކަލުން އެހެން ލޯންޗެއްގައި އެއާޕޯޓުން މާލެ ވަޑައިގެންނެވި ކަން ސާބިތު ކުރުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.