މީރާއަށް ޖީއެސްޓީއާއި، އެއާ ވިދިގެން އަރައިފައިވާ ޖޫރިމަނާ ފައިސާ ދެއްކުމަށް 7 ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކުރައްވައިފިއެވެ.
ކޯޓުން މިއަދު ޙުކުމް ކުރައްވައިފައިވަނީ ކެޕްޓިވަލް މޯލްޑިވްސް ޕްރައިވެޓްލިމިޓެޑުން މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށެވެ. އެ ކުންފުނީގެ މައްޗަށް ޙުކުމް ކުރައްވައިފައިވަނީ ޣައިރު ޙާޒިރުގައެވެ.
އެފަރާތުގެ މައްޗަށް ޙުކުމް ކުރައްވައިފައިވަނީ ޖީއެސްޓީއާއި އެއާ ގުޅޭ ޖުރިމާނާގެ ގޮތުގައި ޖުމްލަ އެއްލައްކަ ފަންސާސް ފަސް ހާސް އެއް ސަތޭކަ ހަތްދިހަ ތިން ރުފިޔާ އާއި އަރަމުންދާ ޖުރިމަނާގެ ފައިސާ 4 މަސް ދުވެހުގެ ތެރޭގައި ދައްކައި ޚާލާސް ކުރުމަށެވެ.
އޭގެ އިތުރަށް އިއްޔެ ވަނީ 6 ފަރާތެއްގެ މައްޗަށް ވެސް ޙުކުމް ކުރައްވައިފައެވެ. އެއީ ތެއި-ހެއި ސާވިސް ޕްރައިވެޓް ލިމިޓެޑާއި، އޯޝަން ޑައިވިން ޑެސްކް ޕްރައިވެޓް ލިމިޓެޑާއި، އޭ.އެކްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ސްޓޭންޑް ސްޓިލް ޕްރައިވެޓް ލިމިޓެޑާއި، އަޙުމަދު މުފީދު އަދި ޢުމަރު އިސްމާޢިލްގެ މައްޗަށެވެ.
ތެއި-ހެއި ސާވިސް ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީއާއި ޖުރިމަނާގެ ގޮތުގައި އެއްމިލިއަން ދެލައްކަ ނަވާރަހާސް ފަސް ސަތޭކަ ހަތްދިހަ އަށްރުފިޔާއާއި އަރަމުންދާ ޖުރިމަނާގެ ފައިސާ 6 މަސް ތެރޭގައި ދައްކައި ޚަލާސް ކުރުމަށްވަނީ ޙުކުމްކުރައްވައިފައެވެ.
އޭ.އެކްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީއާއި ޖުރިމަނާގެ ގޮތުގައި ދައްކަން ޖެހިފައިވަނީ ފަސްލައްކަ އައްށްޑިހަ އަށް ހާސް ފަސް ސަތޭކަ ފަސްދޮޅަސް އަށް ރުފިޔާއެވެ. އޭގެ އިތުރަށް އަރަމުން އަންނަ ޖުރިމަނާގެ ފައިސާ ވެސް ހިމެނޭ ގޮތަށް 6 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސް ކުރުމަށް ވަނީ ޙުކުމް ކުރައްވައިފައެވެ.
އޯޝަން ޑައިވިން ޑެސްކް ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީއާއި ޖުރިމަނާގެ ގޮތުގައި އަށްލައްކަ ނުވަދިހަ ފަސް ހާސް އަށްސަތޭކަ ސާދަ ރުފިޔާ އާއި އަރަމުން އަންނަ ޖުރިމައިނާ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސް ކުރުމަށް ވަނީ ޙުކުމް ކުރައްވައިފައެވެ.
ސްޓޭންޑް ސްޓިލް ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީއާއި ޖުރިމަނާގެ ގޮތުގައި އެއްލައްކަ ފަސްދޮޅަސް އަށް ހާސް ހަތްދިހަ ނުވަ ރުފިޔާއި އަރަމުން އަންނަ ޖުރިމަނާގެ ފައިސާ 4 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސް ކުރުމަށް ކޯޓުން ވަނީ ޙުކުމް ކުރައްވައިފައެވެ.
މީގެ އިތުރަށް އަޙުމަދު މުފީދު ޖީއެސްޓީއާއި ޖުރިމަނާގެ ގޮތުގައި ދައްކަންޖެހޭ އެއްމިލިއަން ހަތަރުލައްކަ އެކާވީސް ހާސް ހަތަރު ސަތޭކަ ސޯޅަ ރުފިޔާއާއި އަރަމުން އަންނަ ޖުރިމަނާގެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސް ކުރުމަށް ވަނީ ޙުކުމް ކުރައްވައިފައެވެ.
މީގެ އިތުރަށް ޢުމަރު ޢިސްމާޢީލްގެ މައްޗަށް ޙުކުމް ކުރައްވައިފައިވަނީ ޖީއެސްޓީއާއި ޖުރިމަނާގެ ގޮތުގައި ދައްކަންޖެހޭ ތިންލައްކާ ބާވީސް ހާސް ތިންސަތޭކަ ސާޅީސް ހަތަރު ރުފިޔާއާއި އަރަމުން އަންނަ ޖުރިމަނާގެ ފައިސާ 5 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސް ކުރުމަށެވެ.