އިންޑިއާއިން ރާއްޖެއަށް 21 ބިލިއަން ރުފިޔާ

އިންޑިއާއިން ރާއްޖެއަށް 21 ބިލިއަންރުފިޔާ (1.4 ބިލިއަން ޑޮލަރު) ގެ ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް ނިންމައިފައިވާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

އިންޑިއާއިން މިކަން ހާމަކުރައްވައިފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމަށްފަހު ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި މޯދީއެވެ.

މިއީ ރާއްޖެއާއި އިންޑިއާ ދެމެދު ފާއިތުވި ފަސްއަހަރު އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިކަން އަންގައިދޭ ކަމެކެވެ. މީގެ އިތުރަށް ރައީސް އިބްރާހީމްގެ މިދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއަށް ފައިދާހުރި އެއްބަސްވުންތަކެއްގައި ސޮއިރުމަށްހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް އެއްބަސްވުމަކީ ވިސާގެ އެއްބަސްވުމެވެ. އިންޑިއާއިން ޤައުމަކަށްދޭނެ ވިސާގެ އެންމެ ލުއިގޮތްތަށް ދިވެހިންނަށް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރާއްޖޭގެ ޚާރިޖިއްޔާއިން ވަނީ ވިދާޅުވިއެވެ.

މިއަދުވަނީ ދެޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިވެސް ކުރައްވައިފައެވެ. އޭގެތެރޭގައި ތަޢުލީމާއި، ދިފާޢީކަންކަމާއި، ޞީއްޙީދާއިރާގެ އެއްބަސްވުންތައް ހިމެނެއެވެ.

އިންޑިއާއިން ރައީސް އިބްރާހީމަށް ރަސްމީގޮތުން މަރުޙަބާ ދެންނެވީ މިއަދު ހެނދުނުއެވެ. މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ އިންޑީއާގެ ރައީސް ރާމްނާތު ގެ ގަނޑުވަރުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.