ފަންސާސް ނުވަވަނަ ސަވައިލަންސް ޕެޓްރޯލް މިއަދު ފަށައިފި

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ އިންޑިއާ ސިފައިން ގުޅިގެން ސަވައިލަންސް ޕެޓްރޯލެއް މިއަދު ފަށައިފިއެވެ. މިއީ މިގޮތަށް ކުރިއަށް ގެންދާ 59 ވަނަ ސަވައިލަންސް ޕެޓްރޯލް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ޙަރަކާތުގައި ބައިވެރިވުމަށް އިންޑިއާގެ މަނަވަރު އައިއެންއެސް "ރަނާ" އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ.

މި ޕެޓްރޯލްތައް ފެށިފައިވަނީ 2012 ވަނަ އަހަރު އެވެ. މިއަދު މި މި ފެއްޓުނީ މީގެ 59 ޕްރޮގްރާމެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް "ރަނާ" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.