ދިވެހި ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ގައުމީ ދިފާއީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ މާލެ ސިޓީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައި ސިފައިނގެ މައި މަރުކަޒު ބަންޑާރަކޮށިން ނިކުމެ، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް ބަޑުތަކުރުފާނު މަގުން ކަޅުތުއްކަލާ ކޮށްޓަށެވެ. ހިނގާލުމުގައި ތިން ސަރަހައްދަކަށް ހުއްޓާގޮތަށް ހަމަޖެހިފައިވެއެވެ. އެއީ ކާނިވާ ސަރަހައްދު ކުރިމަތީ ހުންނަ ޕެޓްރޯލް ށެޑް ކައިރިއަށާއި، ދަރުބާރުގެ އަދި ވިލާ ކޮޅެޖް ކައިރިއަށެވެ.
Jumhooree Dhuvahuge Munaasabathugai Baavva MNDF ge Sharafuge Hingaalun Maadhamaa Haveeru 16:00 gai Male' City gai Baavvaa Gothah Hamajehijjehttps://t.co/BOnWgYtoRS pic.twitter.com/UMWTHSEy56
— Maldives National Defence Force (@MNDF_Official) November 10, 2018