އެއްވެސް ވަކީލެއްގެ ހުއްދަ ބާޠިލު ނުވާ ގޮތަށް ޤާނޫނީ ޚިދުމަތުގެ ބިލް ބަދަލު ކުރެއްވުމަށް ބަންޑާރަނައިބު ނިންމަވައިފި

ފޮޓޯ: ރަޢިސް އޮފީސް

އެއްވެސް ޤާނޫނީ ވަކީލެއްގެ ހުއްދަ ބާޠިލު ނުވާ ގޮތަށް ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލް ބަދަލުކުރުމަށޤ ނިންމަވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސު އިބްރާހީމް މުޙައްމަދް ޞާލިޙްގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގެ ގޮތުން ސަރުކާރުން މިހާރު މަޖިޅިހަށް ފަޮނުއްވާފައިވާ ޤާނޫނީ ޚިދުމަތުގެ ބިލާ ގުޅޭގޮތުން ޤާނޫނީ ވަކީލުންނާއި ޢާއްމު ފަރާތްތަކުން ޝަކުވާ ހުށަހެޅުމާއި ގުޅިގެން އެކަންކަން ބެއްލުވުމަށް ފަހު ކަމަށް ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުއްވި ނޫސްބާޔަނުގައި ހާމަކުރައްވާފައި ވެއެވެ.

އެ ބަޔާނުގައި ހާމަކުރައްވާފައި ގޮތުގައި ހުށަހެޅުނު ހުރިހައި ޝަކުވާ އެއް ބަލައި، އަދި ސުޢޫދީ އަރަބިޔާ އާއި އިސްލާމީ އެހެން ޤައުމުތަކުގައި ޤާނޫނީ ވަކީލުންގެ ކަންކަން ތަންޒީމު ކުރަމުންދާ ގޮތް އެ އޮފީހުން ދިރާސާ ކުރެއްވިއެވެ. އަދި އެ އަށްފަހު އެކަންކަމަށް ރިޢާޔަތް ކޮށް "ރައްޔިތުނގެ މަޖިލީހަށް ހުށަހެޅިފައިވާ ޤާނޫނީ ޚިދުމަތުގެ ބިލު ފާސްވާއިރު ޝާރީއާ އިސްލާމިއްޔާ ކިޔަވާފައިވާ ފަރާތްތަކަށް ވެސް ވަކާލާތު ކުރެވޭ ގޮތަށް ބަދަލު ގެންނަވާނެއެވެ. އޭގެ އިތރުން މިޙާރު ވަކާލާތު ކުރުމުގެ ހުއްދަ އޮތް އެއްވެސް ފަރާތެއްގެ ހުއްދަ ދެމިއޮންނާނެ ގޮތަށް ޤާނޫނީ ޚިދުމަތުގެ ބިލަށް އިޞްލާހު ކުށަހެޅުމަށް ބަންޑަރަނައިބު ނިންމަވާފައިވާ ކަމަށް އެ ނޫސް ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

މިހާރު ހުށަހަޅާފައި އޮތް ބިލު އޮތީ ގިނަ ވަކީލުންތަކެއްގެ ޙައްގު ހަނި ކުރެވި، ގެއްލޭ ގޮތަށެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.