އިންސާނީ ވަގުފާރިއާބެހޭ ސެޝަނެއްގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓައިފި

news_por

ޕޯޗުގަލްގެ ލިސްބަންގައި މިހާރު ކުރިއަށްދާ 15 ވަނަ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސް (އައިއޭޕީ) ގެ ޔޫރަޕިއަން ރީޖަނަލް ކޮންފަރަންސްގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި 'ހިއުމަން ޓްރެފިކިންގ ވިތިން އަ ޓްރާންސްނޭޝަނަލް ލީގަލް ފްރޭމްވަރކް' މި ތީމްގެ މައްޗަށް އޮތް ސެޝަނެއްގެ ރިޔާސަތު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ބަލަހައްޓަވައިފިއެވެ. މި ދަންފަޅީގައި ހުށަހަޅައިދިން ޕްރެޒެންޓޭޝަންތަކުގައި އަލިއަޅުވާލާފައިވަނީ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްއިން ޙުކުމްކޮށްފައިވާ އިންސާނީ ވަގުފާރިއާބެހޭ މައްސަލައަކާ ގުޅޭގޮތުންނާއި މިދާއިރާއިން ޕްރޮސިކިއުޓަރުންނާއި ޖުޑީޝަރީ ޕްރޮފެޝަނަލުން ތަމްރީންކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް މިއަދުގެ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައިދެއްވާފައިވަނީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސްގެ ދަޢުވަތަކަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިވަގުތު ޕޯޗުގަލްގެ ލިސްބަންގައި ހުންނެވީ މިދިޔަ މަހުގެ 31 އިން މިއަދުގެ ނިޔަލަށް ކުރިއަށްދާ 2 ވަނަ އައިއޭޕީ ގްލޯބަލް ފޯރަމް ފޮރ އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސް އަދި 15 ވަނަ އައިއޭޕީ ޔޫރަޕިއަން ރީޖަނަލް ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ އައިއޭޕީގެ މެންބަރެއްވެސްމެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.