ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙްގެ މަތީ ތައުލީމުގެ ވަޢުދު ފުއްދައި ދިނުމަށް ކުރެވެން އޮތް ހުރިހައި ކަމެއް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން (ޗަބީ) ވިދާޅުވެއްޖެއެވެ. ޑރ. އިބްރާހީމް ޙަސަން މިއަދު ކުރެއވި ޓުވީޓެގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަތީ ތައުލީމު މެނިފެސްޓޯ ތަންފީޒު ކުރުމުގައި މަގާމުގެ ޒިއްމާ އަދާ ކުރެއްވުމުގައި ވަފާތެރިކަމާއި އިޅްލާޞްތެރި ކަމާއެކު ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ޑރ. ޗަބީ ވަނީ އެމަނިކުފާނަށް އިތުބާރު ކުރައްވަައި ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙްގެ ވަޒީރުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވަފައި ވެއެވެ.
ޑރ. އިބްރާހީމް ޙަސަން މަތީ ތަޢުލީމް ޙާޞިލްކުރެއްވީ ހިސާބު ޢިލްމުގެ ރޮންގުންނެވެ. އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދްމަތް ކުރައްވާފައެވެ. މާގަމާ ޙަވާލުވުމާ ހަމަޔަށްވެސް ޑރ. އިބްރާހީމް ހަސަން ވިލާ ކޮލެޖެގައި ގަޑިތައް ނަންގަވައެވެ.
ދާދި ފަހަކާ ޖެހެންދެން އިބްރާހީމް ޙަސަން ހުންނެވީ އޮސްއެއިޑް ގެ ކަންޓްރީ މެނޭޖަރ ގެ މަގާމުގައެވެ. އަދި ރައީސް ޔާމީންގެ އައްޔަން ކުރެއްވި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފައެއެވެ.
އަދި ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރުގެ ފަހު އަހަރު މަތީ ތަޢުލީމަށް ޚާއްޞަކޮށްގެން އުފެއްދެވި ވުޒާރާވެސް ހަވާލު ކުރެއްވި ޑރ. އިބްރާޙީމް ޙަސަން އާއެވެ. ނަަމަވެސް މަޤާމަށް އައްޔަން ކުރެވުނުތާ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރު ބަދަލުވިއެވެ.
Thank you President @ibusolih for the opportunity & trust bestowed on me. As your Minister of High Education, I am fully committed to implement your higher education manifesto and shall strive to perform my duties loyally and faithfully to your satisfaction. 2/2 pic.twitter.com/ZR2olkjec9
— Dr Ibrahim Hassan (@DrChubby) November 18, 2018