ސަރުކާރަށް އެއްބާރުލުން ނުދޭން ރައީސް މައުމޫނު ވިދާޅެއްނުވޭ – ޕީޕީއެމް

M_Id_440260_Maldives

ސަރުކާރަށް އެއްބާރުލުން ނުދިނުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ވިދާޅުވެފައިވާކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރު ޕީޕީއެމް އިން ދޮގުކޮށްފިއެވެ.

މިއަދު އެޕާޓީ ނެރެނުނު ބަޔާނެއްގައިވަނީ، ރައީސްޔާމީނާއި ރައީސް މައުމޫނާ ދެބޭފުޅުންގެ ދެމެދުގައި އެއްވެސްކަހަލަ ނުތަނަވަސްކަމެއް ނެތްކަމަށާ، ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރަކީ ޕީޕީއެމްގެ މެންބަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރަމުންދާ ޚަބަރެއްކަމަށެވެ.

އެބަޔާނުގައިވަނީ މިހާރުގެ ސަރުކާރާ ދެކޮޅުވެރިވާފަދަ އެއްވެސް ވާހަކައެއް އެއްވެސްތަނެއްގައި ރައީސް މައުމޫން ވިދާޅުވެފައިނުވާނެކަމަށެވެ.

އެހެންކަމުން މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް ޕީޕީއެމްއިން ގޮވާލާކަމަށްވެސް އެބަޔާނުގައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.