ރައީސްގެ ދެކަނބަލުން މެލޭޝިޔާއަށް ފުރާވަޑައިގެންފި

78986_4ae21beb-6_

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މި މޭ މަހުގެ 31 އިން ޖޫން މަހުގެ 2 އަށް މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" ގައި ބައިވެރިވެވަޑައިގެންނެވުމަށް މިރޭ މާލެއިން ފުރާވަޑިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، މި ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގެ ހައި-ލެވަލް ފޯރަމްގައި، މެލޭޝިޔާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރު ދެއްވާފައިވާ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގެން "ޤައުމުގެ ކުރިމަގަށް ފެންވަރު ރަނގަޅު ތަޢުލީމް"، މި މަޢުލޫއަށް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާއަކީ، ކުޑަކުދިންގެ ތަރައްޤީއާއި ކުރިއެރުމަށް އަމާޒުކޮށްގެން، އެކި ޤައުމުތަކުގެ މާހިރުން އެއްތަންވެ ޚިޔާލުފާޅުކުރުމަށް ބޭއްވޭ ވަރަށް މުހިންމު ބައްދަލުވުމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.