ހެންވޭރާއި މައްޗަންގޯޅި ފިޔަވައި އިތުރު އިންތިޚާބީ ދާއިރާއަކަށް ބަދަލު ނުގެންނަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް ބިލްޑިން: ފޯޓޯ ޕީއެސްއެމް

މާލޭގެ ހެންވޭރާއި އަދި މައްޗަންގޯޅި ފިޔަވައި އިތުރު އެއްވެސް އިންތިޚާބީ ދާއިރާއަކަށް ބަދަލު ނުގެންނާން އިލެކްޝާނުން ކޮމިޝަނުން ނިންމަވައިފިއެވެ. އިންތިޚާބީ ދާއިރާތަކަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ހެންވޭރާއި މައްޗަންގޯޅި އަށް އިތުރު ދެ ދާއިރާ އިތުރު ކުރެވޭނެއެވެ. ނަމަވެސް އެ ދެ ދާއިރާ ފިޔަވައި ރާއްޖޭގެ އެއްވެސް އިންތިޚާބީ ދާއިރާއަކަށް އަދި އިންތިޚާބަކަށް ވެސް ބަދަލެއް ނުގެންނާން އެކޮމިޝާނުން މިހާރު ވަނީ ނިންމަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ މަޖިލިސް ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުން އެކި ދާއިރާ ތަކާއި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މާލޭ ދާއިރާ އާއި އައްޑު އަތޮޅާއި ފުވައްމުލަކު ދާއިރާތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެދާއިރާތައް ތަމްސީލުކުރައްވާ މެންބަރުންނއިލެކްޝަންސް އިން މަޝްވަރާ ކުރެއްވިއެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިންތިޚާބީ ދާއިރާތަކަށް އަންނާނެ ބަދަލާ ގުޅޭ ގޮތުން އެދެ ސިޓީގެ ކައުނސިލް އާއެކުވެސް ކޮމިޝަނުން ވަނީ މިދޔަ ހަފްތާގައި ބައްދަލުކުރައްވަފައެވެ. ސިޓީ ކައުންސިލްތަކުގެ އިތުރުން އަވަށްތަކުގެ މެންބަރުންނާ ވެސް ކޮމިޝަންގެ ފަރާތުން ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވިއެވެ.

އައްޑޫ ސިޓީ މަރަދޫ ފޭދޫ ދާއިރާ އަށް ގޮނޑިއެއް އިތުރުކުރުމާ ގުޅޭގޮތުން މަރަދޫފޭދޫ ބައެއް ބޭފުޅުން ވަނީ އިއްޔެ ކޮމިޝަނާ ވެސް ބައްދަލުކުރައްވާފައެވެ. ދާއިރާތައް ކަނޑައަޅާފައިވާ ގޮތުން މަރަދޫފޭދޫ އާއި މީދޫ އޮންނަނީ އިންތިޚާބީ އެއް ދާއިރާގެ ގޮތުގައި ކަނޑައަޅާފައެވެ.  އައްޑުއަތޮޅުގެ އާބާދީއަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުނެ އިންތިޚާބީ ދާއިރާ އިތުރު ކުރުމުގެ ރޫހެއްގައި އައްޑޫ އަށް ނިސްބަތްވާ ބައެއް މީހުން ދިޔައީ ސޯޝަލްމީޑިއާގައި ކެޕޭން ކުރަމުންނެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އައްޑޫ އަށް އިތުރު ދެ ގޮނޑި އިތުރުކުރުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިލެކްޝަންސް ގެ މިއަދުގެ ނިންމެވުމާއެކު އިންތިޚާބީ ދާއިރާއެއް އިތުރު ނުވާނެކަން ކަށަވަރުވީއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.