މިއަދަކީ އިޖްތިމާޢީ ފޭރާން ލޫޓުވާލި ނުލަފާ ގޮތެއް ނެތް މީހަކު ރާއްޖެ އަރާ ދުވަސް: ޑރ. ޚަލީލް

މިއަދަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ހުޅުޖަހައިގެން އެންމެ ބޮޑު ގެއްލުމެއް ރައްޔިތުންނަށް ދިން އަދި އިޖްތިމާއީ ފޭރާން ލޫޓުވާލު ނުލަފާ ގޮތެއް ނެތް މީހަކު ރާއްޖެ އަރާ ދުވަސްކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށް އިޝާރާތް ކުރައްވައި ޑރ. ޚަލީލް ކުރެއްވި ޓުވީޓުވައި ވިދާޅުވެފައިވަނީ މިއަދަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ހިތާމަވެރި ދުވަހެއް ކަަމަށެވެ.  

2012ވަނަ އަހަރުގެ ފެންރުއަރީ މަހުގެ 7ވަނަ ދުވަހު އެމްޑީޕީގެ ވެރިކަން ބަދަލުވުމާއި ގުޅިގެން ޖެހިގެން އައި ދުވަހު އެމްޑީޕީއިން މަގުތަކަށް ނިކުމެ ހިނގި ހަމަނުޖެހުމުގައި ސަރުކާރުގެ އޮފީސްތަކާއި ތަކެއްޗަށްވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. އަޅުގަނޑަށް ހީވަނީ ޚަލީލު ލޮލުގެ ޑޮލްޓަރަކަށް ދައްކަންވެފަ ހެން ހުރީ. އަޅުގަނޑުދުށިން މިއަދު މާލޭގެ މަގުމައްޗަށް އެއްވެފަ އޮތްހާ ދިވެހި ރައްޔިތުން. ރައީސް ނަޝީދަކީ ޚަލީލަށް ތިހީވާ ކަހަލަ ބޭފުޅެއްނަމަ އެހާ ގިނަ ބަޔަކު މަރުޙަބާ ދެންނެވުމަށް މަގުތަކަކަށް ނުނުކުތީސް ދެއްތޯ ؟ ޚަލީލުމެންނަށް ފެންނަ އެއްޗެތި ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންނަކަށް މިހާރަކު ނުފެންނާނެ. ޚުދު ތިމާގެ ދާއިރާއިންވެސް އެކަމެއް ނުދެއްކުނު. މާނަޔަކީ ތިޔައީ ފެއިލްވެފަ ތިބި ބަޔެކޭ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.