ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރާނަން: ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނަޑައެޅުއްވި 12 މެމްބަރުންނަށް އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ އަޙުމަދު ވިދާޅުވީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހިސާބުން ފެށިގެން ތޭރަމަހެއްހާ ދުވަހު މަޖިލީހަށް ދެވޭނެ ގޮތެއް ނުވެފައިވާ ކަމަށެވެ. އޭގެސަބަބުން ރައްޔިތުންގެ މަންދޫބެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ އެތައް ކަމެއް ނުކުރެވި ވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުން ވަޑައިގަންނަވާ ކޮންމެ ފަހަރަކުވަނީ އެބޭފުޅުން މަޖިލީހަށް ވަނަ ނުދެއްވައި ހުރަސް އަޅައިފައެވެ. ހުރަސް އަޅައިފައިވަނީ މަޖިލިސްކުރާގޭގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ފަރާތްތަކުންނެވެ. މަޖިލީހަށް ބައެއް މެމްބަރުން ވަދެވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވުމުން ސަލާމަތީ ކަންކަން ބަލަހައްޓަވާ ފަރާތްތަކުންވަނީ މެމްބަރުން އުފުލައިގެން އައިސް ފާރުމަތިން ބޭރުކޮށްފައެވެ.

"ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ވިސްނުން އެބަހުރި އަޅުގަނޑުމެންގެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ބާރަ މެމްބަރުން އެމަގަށް މަސައްކަތް ކުރާނެ. އެ ބަދަލު ހޯދުމަށްޓަކައި ކުރަންޖެހުނު މަސައްކަތެއް ވެސް ކުރަމުން ގެންދާނަން. ކުރިއަށްއޮތްތާގައި އަޅުގަނޑުމެންގެ ބާރަ މެމްބަރުން އަވަސްވެގަންނާނީ ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތް ކުރުމަށް،" ޢަބްދުﷲ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ކޮން ގެއްލުމެއް ލިނުނީ ފައިދާއެއްނުވީ ހައްދައިވައިގެން ކަމެއް ނުކޮށް ކޮންމެ މަހަކު މުސާރަ ނަގަމުން ގެންދިޔައީ މި މީހުންގެ ލަދުހަޔާތްވެސް ކުޑައީ ވަކިވަރަކަށް ނޫންވިއްޔަ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.