މުޅިރާއްޖެއަށް ވައިޓް އެލާޓް ނެރެފި

މޫސުމާބެހޭ އޮފީހުން މުޅިރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ. އެ އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ގަދަ ވިއްސާރާއާއެކު ވާރޭވެހޭނެ ކަމަށް ލަފާކުރައްވައިފައެވެ.

މުޅިރާއްޖެއަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިރޭ އިރު އޮއްސި ހަތަކުން ފެށިގެން ދަންވަރު 1:00 އާ ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވެފައިވަނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލަށް ވައިޖެހޭނެ ކަމަށެވެ. އަދި އުތުރުގެ ހިސާބުތަކަށް 5 މޭލާއި 13 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ބައެއް ހީސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން އޮފީހުން ވިދާޅުވިއެވެ. މާލެއާއި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެމްއެންޑީއެފުން ގެންދަނީ ފެން ހިއްކުމުގެ މަސައްކަތް ކުރައްވަމުންނެވެ. އިތުރު ހިސާބެއްގައި ފެންބޮޑުވި ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.