އައިޑޮލް ގެ ފުރަތަމަ ގެސްޓް ޖަޖުންނަކީ ސަލީމް-ސުލައިމާން

ޖިންސީ ގޯނާގެ ތުހުމަތާ އެކު އިންޑިއަން އައިޑޮލް ސީޒަން 10 ގެ ފަނޑިޔާރުންގެ ޕެނަލުން އަނޫ މާލިކް ވަކި ކުރުމުން އެ ޝޯ އަށް ގެންނަ ފުރަތަމަ ގެސްޓް ޖަޖުންނަކީ މިއުޒިކް ކޮމްޕޯޒަރުން ކަމުގައިވާ ސަލީމް އާއި ސުލައިމާން މަރޝަންޓް ކަމަށް ބޮލީވުޑް ޚަބަރުތައް ރިޕޯޓޮކޮށްފިއެވެ. އަނޫ މާލިކް އާއި ގުޅިގެން ސޮނީ ޓީވީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާގެ ބަދަލުގައި މިއުޒިކް އިންޑަސްޓްރީގައި ތިބި ކުޅަދާނަ ފަންނާނުންނަށް ގެސްޓް ޖަޖުންގެ ގޮތުގައި ދައުވަތު އަރުވާ ވާހަކައެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަލީމް-ސުލައިމާން ވަނީ މީގެ ކުރީން ތަފާތު ރިއަލިޓީ ޝޯތަކުގެ ފަނޑީޔާރުކަން ކޮށްފައެވެ. އެހެންކަމުން އައިޑޮލްގެ ފުރަތަމަ ގެސްޓް ޖަޖުންގެ ގޮތުގައި ނޭހާ ކައްކަރް އާއި ވިޝާލް ދަދްލާނީ އާއި ގުޅޭނީ ސަލީމް-ސުލައިމާން އެވެ.

ސަލީމް-ސުލައިމާން އަކީ ހިންދީ ފިލްމަތަކަށް މިއުޒިކް ކޮމްޕޯޒް ކުރާ ދެބެއިންނެވެ. ސަލީމް-ސުލައިމާންގެ ބައްޕަ އަކީ އިންޑިއާގެ އިސްމައިލީ ސްކައުޓްސް އޯކެސްޓްރާ ލީޑް ކުރި މިއުޒީޝަން ސަދްރުއްދީން މާރޝަންޓް އެވެ.

އަނޫގެ މާލިކް ޝޯ އިން ވަކިވިއިރު އޭނާާގެ މައްޗަށް ހަތަރު އަންހެނަކު ވަނީ ޖިންސީގެ ގޯނާގެ ތުހުމަތު ކޮށްފައެވެ. އިއްޔެ އާ ހަމައަށް އިތުރު ލަވަކިޔުންތެރީން ވަނީ އަނެއްކާވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ބައެއް ވާހަކަތައް އާއުކޮށްފައެވެ. އެގޮތުން ލަވަކިޔުނތެރިޔާ އަލީޝާ ބުނެފައިވަނީ އަނޫ އަކީ އަބަދުވެސް އޭނާގެ ދަރީންގެ އުމުރު އަންހެން ކުދީންނަށް ޖިންސީ ގޯނާ ކުރާ މީހެއް ކަމުގައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.