މަޅުމަތި: މަކުނު ޑިމޮކްރަސީ

ރާއްޖޭގައި މި އޮންނަނީ އަޖައިބެއް ފަދަ ޑިމޮކްރަސީއެކެވެ.

މި ޑިމޮކްރަސީގައި އޮންނަނީ އަހަރެންގެ ހައްގުތައް އެކަންޏެވެ.

އެހެން މީހެއްގެ ހައްގެއް ނޯވެއެވެ.

ހަމަހަމަކަންވެސް އޮންނަނީ އެކަހަލަ ގޮތަކަށެވެ.

ހަމަހަމަ ވާންވެސް ޖެހެނީ އަހަރެންގެ ބޭނުމެއް ފުއްދާން ޖެހުނީމައެވެ.

ރާއްޖޭގެ ޑިމޮކްރަސީ ޅަފަތުގައި އޮންނަތާވެސް އެތައް އަހަރެއް ވެއްޖެއެވެ.

އެހެން ގައުމުތަކުގައި އުޅެ ބޮޑުވެ ތަސައްރަފު ފުދި، މުސްކުޅިވީ ފަހުން ރާއްޖެ އައީމާ އަނެއްކާ މި އުޅެނީ ޅަ ވެގެންނެވެ.

ރަޙްމަތްތެރިޔާ ބުންޏެވެ.

ތިޔައީ ތެދެކެވެ.

ރާއްޖޭގެ ރައްޔިތުންނާ ޑިމޮކްރަސީއާ ހުރި ގުޅުން މީގެ އެތައް އަހަރެއް ކުރީން ބޭފުޅަކު ވަނީ ވިދާޅުވެ ދެއްވައިފައެވެ.

މުޙައްމަދު މުޢިއްޒު ޢަދުނާނު ފޭސްބުކްގައި ލިޔުއްވި އެއްޗެއް ދުށިން ހެއްޔެވެ؟

އޭގައި އޮތެވެ.

ޙަސަން ފަރީދު ދީދީ ވަނީ ރަސްމީ ވެރިއެއްގެ ގޮތުގައި ނޫން ނަމަވެސް 1933 ވަނަ އަހަރުން ފެށިގެން 1944 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ވެރިކަން ކުރައްވައިފައެވެ.

ޙަސަން ފަރީދު ދީދީ ވިދާޅުވިކަަމަށް ބުނެވެއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެންނާކަށް ނުވާނެއެވެ.

އެއީ ރާމާމަކުނެއްގެ އަތަށް ހުދު ރުމާލެއް ދިނުން ފަދަ ކަމެކެވެ.

މާ ގިނަ އިރުތަކެއް ނުވެ އެ ސޮރު އެ ރުމާލުގައި އަމިއްލަ ބޮޑުކަމު ނަޖިސް އުނގުޅައި ޚަރާބުކޮށްގެންފާނެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.