އަހަރެން ގަބުރުސްތާނަށް ޒިޔާރަތް ކުރި ދުވަހެކެވެ.
ވަޅުލާފައި އޮތް ދަންނަބޭކަލަކު ކުއްލިއަކަށް ތެދުވެ މަހާނަގާ މަތީގައި އިށީނދެއްޖެއެވެ.
އަހަރެން ވަރަށް އުފާވެފައި ސުވާލު ކުރަން ފަށައިފީމެވެ.
"އަންހެނުން ބުރުގާ އެޅުމަކީ ވާޖިބެއް ހެއްޔެވެ؟"
އޭނާ ބުންޏެވެ.
"އާނއެކެވެ."
އަހަރެން އަހައިފީމެވެ.
"ބޭންކު ސޫދު އެއީ ރިބާ ހެއްޔެވެ؟"
އޭނާ ބުންޏެވެ.
"އާނއެކެވެ."
އަހަރެން އަހައިފީމެވެ.
"ހިލޭ އަންހެންނުނާއި ހިލޭ ފިރިހެނުން ގައިގޯޅިވެ އުޅުން އެއީ ހަރާން ކަމެއް ހެއްޔެވެ؟"
އޭނާ ބުންޏެވެ.
"އާނއެކެވެ."
އަހަރެން އަހައިފީމެވެ.
"ޒިނޭ އާއި ރާގެ އަދަބުގެ ގޮތުގައި ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ހެއްޔެވެ؟"
އޭނާ ބުންޏެވެ.
"އާނއެކެވެ."
އަހަރެން އަހައިފީމެވެ.
"ކީރިތި ޤުރްއާނުގައި ބައެއް އާޔަތްތަކާއި ބައެއް ޙުކުމްތައް މަންސޫޚު ކުރެއްވި ވާހަކައަކީ ހަގީގަތެއް ހެއްޔެވެ؟"
އޭނާ ބުންޏެވެ.
"އާނއެކެވެ."
އަހަރެން ބުނީމެވެ.
"އެކަމަަކު މި ހުރިހައި ކަމަކާ ދެކޮޅަށް ވަރަށް ވަރުގަދަޔަށް ބަހުސު ކުރެވި ދެކޮޅު ހެދުންވެސް އިތުރު ވަމުން އެބަ ދެއެވެ."
އޭނާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.
މޮޅިވެރި ރާގަކަށް ބުންޏެވެ.
"ކޮންމެ ސަބަބެއް މެދުވެރި ވެގެން ނަމަވެސް މީހުނަށް ދީނުގެ މަތީން ހަނދާން ކުރެވޭކަން އެއީ ރަނގަޅު ކަމެކެވެ."
"ވަޅުލާފައި އޮތް ދަންނަބޭކަލަކު ކުއްލިއަކަށް ތެދުވެ މަހާނަގާ މަތީގައި އިށީނދެއްޖެއެވެ". މިއީ ބުއްދި ގަބޫލުކުރާ ވާހަކައެއްނޫން ؟