ރައީސް ނަޝީދު ސައުދީއަށް ވަޑައިގަންނަވަނީ

ރާއްޖެގޭ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ސައުދީއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިއީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރާ ބެހޭ އެއްވެސް ތަފްސީލެއް އަދި ހާމަކުރައްވައިފައެއް ނުވެއެވެ. އެހެންނަމަވެސް އެމަނިކުފާނު ފުރައިވަޑައިގަންނަވާނީ ހޯމަދު ދުވަހު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ނަޝީދަށް ކޯޓުން އިއްވައިފައިވާ 13 އަހަރުގެ ޖަލު ހުކުމުން ދުވަސްކޮޅެއް ހޭދަ ކުރެއްވުމަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އެމަނިކުފާނު މިހާރު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައެވެ. ދޭތެރެ ދޭތެރެއިން އެމަނިކުފާނު ސްރީލަންކާއަށް ވެސް ވަޑައި ގަންނަވައެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ގައުމުތަކުގެ ތެރޭގައި ސައުދީއަރަބިއްޔާ ވެސް ހިމެނެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.