މަތިންދާ ބޯޓަށް އަރައިވަޑައިގެންނެވި އިރު ޓްރަމްޕްގެ ބޫޓުގައި ޓޮއިލެޓް ޕޭޕަރ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ އެހެން ރައީސުންނަށްވުރެ ބޮޑަށް މީޑިއާގެ ސަމާލުކަން ލިބިލައްވާ ބޭފުޅެކެވެ. އެމަނިކުފާނަށް ވިދާޅުވެވޭ ވާހަކަ އަކުން، ކުރެއްވޭ ޓުވީޓަކުން، ތުރުކުރައްވާ ޓައީތައް ފަދަ އެތައް ކަމަކުން އެމަނިކުފާނު މީޑިއާގެ ފަލަ ސުރުޚީ އިން ޖާގަ ހޯއްދަވައެވެ.

މިދިޔަ ބުރާސްފަތި ދުވަހަކީ އަނެއްކާވެސް މައި މީޑިއާ އާއި ސޯޝަލްމީޑިއާ އިން އެމަނިކުފާނަށް ވަރަށް ބޮޑު ސަމާލުކަން ލިބުނު ދުވަހަކަށެވެ. އެމަނިކުފާނު އެއަރފޯސް ވަން އަށް އަރައިވަޑައިގެންނެވި ވީޑިއޯ އެއް ވަނީ ވައިރަލް ވެފައެވެ. މި ވިޑިއޯއިން ޓްރަމްޕް ބޯޓުގެ ސިޑިން ބޯޓަށް އަރައިވަޑައިގަންނަ އިރު ވާތުފައިގެ ބޫޓުގައި ޓޮއިލެޓް ޕޭޕަރ ށީޓެއް ހަރުލާފައި ހުރެއެވެ. 

https://twitter.com/JamesMelville/status/1048155554181500929?s=20

ނިމިދިޔަ ހަފްތާ އަކީ ޓްރަމްޕް އަށް ވަރަށް ބިޒީ ހަފްތާ އެކެވެ. އެމަނިކުފަނު އުޅުއްވީ އެކިތަންތަނަށް ދަތުރުފުޅުކުރައްވައި ސްޕީޗް ދެއްވުމާއި އަދި ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ބްރެޓް ކަވާނޯގެ ތަހުގީގެއް އެފްބީއައި އިން ފެއްޓެވުން އެމަނިކުފާނަށް ވާރުތަ ވެފައިވާ ޓެކްސްގެ މައްސަލައަކާއި ޑީލް ކުރައްވަމުންނެވެ، ބުރާސްފަތި ދުވަހު ހަވީރު ޓްރަމްޕް އެއަރ ފޯސް ވަން އަރައިވަޑައިގެންނެވީ މިހުރިހައި ކަމެއްގެ ތެރޭގައި އަވަދިނެތި އުޅުއްވަމުންނެވެ.

ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެހައި ބިޒީކޮށް އުޅުއްވުމުގެ ސަބަބުން ފާޚާނާ އިން ބޫޓުގައި ހަރުލި ސުވެނިއަރ ފާހަގަ ނުކުރެއްވުނީއެވެ.

ޓުވިޓަރ ގައި އާއްމުކޮށްފައިވާ ބައެއް ވީޑިއޯ ކްލިޕްތައް އެތައް މިލިއަން މީހުންވަނީ ބަލާފައެވެ. ސިޑީގެ ކޮންމެ ހަރުފަތަކުން މައްޗަށް އަރައިވަޑައިގެންނެވިއިރު ހުދު ޓިޝޫ އިން ސިޑީގެ ހަރުފަތްތައް ސާފުކުރަމުން ދިޔަކަހަލައެވެ. އެންމެ މަތީ ހަރުފަތަށް އަރައިވަޑައިގެން ޓްރަމްޕް އެތާތިބި މީހުންނަށް އަލްވަދާއު ކިޔާފއި އެތެރެއަށް ވަދެވަޑައިގަން ހިސާބުން ޓިޝޫ ގަނޑުން ބޫޓުން ނެއްޓިގެން ފޭބިއެވެ.

ބައެއް މީހުން ޓުވީޓު ކުރި ގޮތުގަިއ ތްރަމޕްގެ ބޫޓުކޮޅުގައި ހަރުލާފައި ހުރީ ޓޮއިލެޓް ޕޭޕަރ އެއް ނޫނެވެ. އެމެރިކާގެ ގާނޫން އަސާސީ އެވެ.    

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.