އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރު ދަނީ މިހާރު ފަހު ނޭވާ ލަމުން ކަމުގައި އެމެރިކާގެ ނިއުޔޯކުގައި ނެރޭ މަޝްހޫރު މަޖައްލާ ދަ ނިއުޔޯކާއިން ބުނެފިއެވެ.
އަހަރުމެން މިހާރު މިތިބީ ޑްނާލްޑްް ޓްރަމްޕްގެ ރައީސުކަމުގެ ފަހު މަރުހަލާގައި ހެއްޔެވެ؟ ނުވަތަ މިހާރު އަހަރުމެންނަށް މިފެންނަ މަންޒަރަކީ އެމެރިކާގެ ޑިމޮކްރަސީ ދައްކާ ހިތްގައިމު މަންޒަރުތަކުގެ ތެރެއިން މަންޒަރެއް ހެއްޔެވެ؟ އެ މަޖައްލާގެ ލިއުންތެރިޔާ އެޑަމް ޑޭވިޑްސަން ލިއުނު ރިޕޯޓުގައި ސުވާލުކޮށްފައި ވެއެެެވެ.
މިސުވާލުގެ ޖަވާބު ޔަގީންކަމާއެކު ދެމުން އެ މަޖައްލާއިން ވަނީ މިކަމުގެ ހެކިތައްވެސް ގެނެސްފައެވެ. މިއީ މުސްތަގުބަލުގައި ހިނގާނެކަމެއްގެ ވާހަކަ ކުރިން ބުނުމެއް ނޫން ކަމަށާއި، މިއީ ފެންނާން އޮތް ހަގީގަތް ކަމަށްވެސް އެ މަޖައްލާއިން ބުނެއެވެ.
ދަ ނިއުޔޯކާއިން ދެކޭ ގޮތުގައި ޓްރަމްޕަށް ތާއީދުކުރާ މީހުން އޭނާ ހޮވީ އޭނާއަކީ އޭނާާއަށް ކާމިޔާބީ ހާސިލުކޮށްދޭނޭ ކޮންމެ ކަމެއް ކޮށްލަން ކެރޭ ވިޔަފާރިވެރިއެއް ކަމުގައި ދެކޭތީ ކަމަށެވެ. ނަމަވެސް އެއީ "ކުށް ހީއެކެވެ."
ހަގީގަތުގައި ޓްރަމްޕް "ޝައްކު އުފެދޭ ގޮތަށް" ކުރައްވާ ވިޔަފާރީގެ ހަގީގަތް ގިނަ ބަޔަކަށް ނޭނގެއެވެ. އެހެންނަމަވެސް އެކަންކަމުގެ މަތިން ފަރުދާކެހިގެންދާ ދުވަހަކު "އާއްމުންނަށް އޭނާގެ ހަގީގަތާ ގުޅޭ މުޅިން ތަފާތު ވާހަކައެއް ފެނިގެންދާނެ" ކަމަށް އެ މަޖައްލާއިން ޔަގީންކުރެއެވެ.
އާއްމުންނަށް ފެނިގެންދާނެ ހަގީގަތަކީ ޓްރަމްޕް ހުންނެވީ "ދުނިޔޭގެ އެމްޕަޔާ" ގެ އެންެމެ މަތީ ވެރިޔާގެ ގޮތުގައި ނޫންކަމާއި، އޭނާއަކީ އާދަޔާއި ޚިލާފަށް ވިސނުންތޫނު ބޭފުޅެއް ނޫންކަމާއި، އެތައް ބިލިއަން ޑޮލަރުން ގުނާލެވޭ މުއްސަނދިކަމެއް ހޯދި ކޮންމެ ބިރަކާވެސް ކުރިމަތިލާން ކެރޭފަދަ ހިތްވަރުގަދަ ޒުވާނެއް ނޫންކަމެވެ.
ދަ ނިއުޔޯކާއިން ބުނާ ގޮތުގައި ރައީސުކަމަށް ވަޑައިގަތުުމުގެ ކުރިން ޓްރަމްޕަކީ ބާ ބޮޑު ވިޔަފާރީގެ ހަރަކާތެއް ހިންގެވި ބޭފުޅެއް ނޫނެވެ. އޭނާގެ ވިޔަފާރި މައިގަނޑު ގޮތެއްގައި ހިންގަވަމުން ގެންދެވީ ދަރިކަލުން ޑޮނާލްޑް ޖޫނިއާ އާއި ދަރިކަނބަލުން އިވާންކާ އެވެ. ދެން "އެއްވެސް އަގެެއް ނެތް" މައިކަލް ކޯހެން ނަމަކަށް ކިޔާ ގާނޫނީ ވަކީލެކެވެ. އޭނާ މިހާރު އެވަނީ "މަކަރާއި ހީލަތާއި، މަނީ ލޯންޑަރިންގާއި، ތަފާތު ޣައިރު ގާނޫނީ މާލީ މުއާމަލާތްތައް ހިންގި ކަމުގެ ތުހުތުމަތުތަކުގެ ޠޫފާނެއްގެ ތެރޭގައެވެ."
މިިކަމާ ގުޅިގެން އުފެދޭ ސުވާލުތަކުގެ ތެރޭގައި، ރައީސު ޓްރަމްޕާއި އޭނާގެ އާއިލާއަށް މިކަންތައް އެނގެނީ ކިހާވަރަކަށްތޯ ކުރެވޭ ސުވާލު ހިމެނެއެވެ. މި ސުވާލަށް ދެވޭ ޖަވާބަކީ ޓްރަޕްގެ އާއިލާ ޖަލަށް ދާން ޖެހޭކަމާއި، ޖަލުގައި ހޭދަކުރަން ޖެހެނީ ކިހާ މުއްދަތެއްކަން އެނގިގެން ދާނެ ޖަވާބަކަށް ވާނެއެވެ.
އެ މަޖައްލާއިން ދެކޭ ގޮތުގައި ރަޝިޔާއިން 2016 ވަނަ އަހަރުގެ އިންތިޚާބަށް ފޯރުވި ނުފޫޒާ ގުޅޭގޮތުން މިހާރު ކުރިއަށްދާ ތަހުގީގުން މައިކަލް ކޯހެން ޓްރަމްޕްގެ އާއިލާއާ ދުނިޔޭގެ އެތަން މިތަނުގައި ތިބި އެއާއިލާގެ އެޖެންޓުންނާ ގުޅުވައިދޭން ކުރި މަސައްކަތާ، ރަޝިޔާއާ ޓްރަމްޕާ އޮތް ގުޅުން ސާފުވެގެން ދާނެއެވެ.
ޓްރަމްޕާ އޭނާގެ ޖަމާއަތުން ދެކޮޅުހެދުމާ، އިންކާރުކުރުމާ، ބަހުގެ ހަމަލާ ކުރިއަށް ގެންދިޔައަސް، އެ މަޖައްލާއިން ދެކޭ ގޮތުގައި "އަހަރުމެނެް ފަހަތަށް އެނބުރި ބަލަައިލާއިރު މިހަފްތާ ވެގެންދާނީ ކަންތައްތައް އެނބުރިގެން ހިނގައިދާނެ ވަގުތަކަށެވެ. އަދި އަހަރުމެން މިތިބީ ޓްރަމްޕްގެ ރިޔާސަތުގެ ފަހު މަރުޙަލާގައެވެ."