ނެހާ ދޫޕިއާގެ ބޭބީ ޝަވަރ

ނެހާ އާއި އަންގަދް ބޭދީގެ ފުރަތަމަ ދަރިފުޅުގެ ބޭބީ ޝަވަރ އިއްޔެ މުމްބާއީގައި ބާއްވައިފިއެވެ. މި އިވެންޓަށް ދައުވަތު ދީފައިވަނީ ނެހާ އާއި އަންގަދް ގެ ގާތް ރައްޓެހިންނަށެވެ. އޭގެ ތެރޭގައި މަޝްހޫރް ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި ނެހާގެ ބެސްތް ފްރެންޑުން ކަމުގައިވާ ކަރަން ޖޯހަރް އާއި، ސުހާ އަލީ ޚާން އާއި އޭނާގެ ފިރިމީހާ ކުނާލް ކެއްމޫ ހިމެނެއެވެ. އޭގެ އިތުރުން ހުމާ ގުރައިޝީ އާއި ސޮނާކްޝި ސިންހާ އާއި ޝިލްޕާ ޝެޓީ އަދި ޖާންވީ ކަޕޫރްވެސް މި އިވެންޓުގައި ބައިވެރިވިއެވެ.  

ނެހާ އާއި އަންގަދް ކައިވެނި ކުރީ މިއަހަރުގެ މޭ މަހު އެވެ. ކައިވެނި ކުރިއިރު މީޑިއާ އަށް ވެސް އެކަންވަނީ ސިއްރުކޮށްފައެވެ. ކައިވެނީގެ ޚަބަރާ އެކު ނެހާ ބަލިވެ އިން ކަބަރު ފެތުރިގެން ދިޔަނަމަވެސް އެކަން މިޑިއާ އަށް އާއްމުކުރީ ކައިވެންޏަށް 3 މަސް ފުރުނު ފަހުންނެވެ. ނެހާގެ ފުރަތަމަ ދަރިފުޅު އުފަންވާނީ އަންނަ ނޮވެންބަރު މަހު ކަމަށް އޭނާ ވަނީ ބުނެފައެވެ.

View this post on Instagram

Through thick and thin ?❤️

A post shared by Soha (@sakpataudi) on

 

ނެހާ ބަލިވެ އިން ނަމަވެސް އޭނާގެ މަސައްކަތުން ޗުއްޓީ އެއް ނުނަގައެވެ. މިހާރު އޭނާ ދަނީ އޭނާގެ ޕޮޑް ކާސްޓް ޝޯ، 'ނޯ ފިލްޓަރ ވިތް ނެހާ' ގެ ސީޒަން 3 އަށް ޝޫޓް ކުރަމުންނެވެ. މި ސީޒަންގެ މެހެމާނުންގެ ގޮތުގައި ކަރަން ޖޯހަރް އާއި ކްރިކެތް ކުޅުންތެރިޔާ ހަރްބަޖަން ސިންގހް އާއި އަޔުޝްމަން ކުރާނާ، ކާޖޮލް، ވިކީ ކޮޝާލް އަދި ކަތްރީނާ ކައިފް ވަނީ މިހާތަނަށް ނެހާ އާއެކު ޝޫޓްކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.