އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ މައްޗަށް އިތުބރު ނެތްކަމުގެ ވޯޓު ނެގުމަށް ހުކުރު ދުވަހު ޕާލިމެންޓުގައި ބޭއްވި ޖަލްސާގައި އާދަޔާ ޚިލާފު ކަންތައްތަކެއް ފެނިގެން ދިޔައެވެ. އެންމެ ގިނަބަޔަކަށް ހައިރާންކަމެއް ލިބުނީ ކޮންގްރެސް ގެ ރައީސް ރާހުލް ގާނދީ ބޮޑިވަޒީރު ނަރެންދްރަ މޯދީގައިގައި ބައްދާލުމުންނެވެ.
ގިނަބަޔަކު މި އިޝާރާތަށް ޖޯކު ޖަހަމުން ދިޔައެވެ. އެގޮތުން ސޯޝަލްމީޑިއާގައި ގިނަ މީމްސް ތަކެއް ދައުރުވާން ފެށިއެވެ. ނަމަވެސް މިކަން އެންމެ މަޖާވީ ބޮލީވުޑްގެ ތަރީންނަށެވެ. ބައެއް ތަރީން އެދުވަސް ސިފަކޮށްފައިވަނީ އެއީ 'ރަސްމީ ބެއްދުމުގެ ދުވަހުގެ ގޮތުގައެވެ. ސޯނަމް ކަޕުރްވެސް ވަނީ މިކަމާ ގުޅިގެން ކޮށްފައިވާ ހެއްވާ ޓުވީޓުތައް ރިޓުވީޓުކޮށްފައެވެ.
— Sonam K Ahuja (@sonamakapoor) July 20, 2018
މޯދީގެ ގައިގައި ބެއްދުމުން ގިނަބަޔަކަށް ހައިރާން ކަން ލިބުނު ނަމަވެސް ރާހުލް ގާނދީގެ ފަރާތުން އާދަޔާ ޚިލާފް އެހެން އިޝާރާތެއްވެސް ފެނުނެވެ. ބޮޑުވަޒީރު މޯދީ އަކީ "ބާގީދާރް' އެއް ކަމަށާއި 'ޗޯކީދާރް' އެއް ނޫން ކަމަށް ވެސް ބުނެ ބަހުގެ ހަމަލާތައް ދިނުމަށް ފަހު ގޮނޑީގައި އިށީންނަމުން އެއް ލޯ މަރައިލި އެވެ. ސޯޝަލްމީޑިއާގެ ގިނަބަޔަކަށް ކަމުދިޔައީ މި އިޝާރާތެވެ.
No wonder Indian theatre audience is diminishing. We are no match for Parliament performances.
— ANANTH N MAHADEVAN (@ananthmahadevan) July 21, 2018
ސަބަބެއް ނެތިއެވެސް ނޫނެވެ. މިއަހަރުގެ ކުރީކޮޅު އިންޑިއާގެ ފިލްމީ ތަރި ޕްރިޔާ ޕްރަކާޝް ވާރިއަރގެ ފިލްމު ޕްރޮމޯޓުކުރަމުން ދިޔައިރު އެފިލްމުގަިއ ޕްރިޔާ އެއް ލޯމަރާލާ ވީޑީއޯ ވަނީ އިންޓެނެޓު ފަތަހަކޮށްފައެވެ. ރާހުލް ގާނދީ ޕާލަމެންޓުގައި އެއް ލޯ މަރައިލުމާ ގުޅިގެން މީޑިއާއިން ޕްރިޔާ އާއި ސުވާލު ކޮށްފައިވެއެވެ. ޕްރިޔާ ބުނެފައިވަނީ ކޮލެޖުން ގެއަށް އައުމުން އެކަން އެނގުމުން ވަރަށް އުފާވި ކަމަށެވެ. އެއީ އޭނާގެ ފިލްމުގެ 'ސިގްނޭޗަރ މޫވް' އެވެ.
The problem with the hug Rahul gave Modi is it’s a forced one. Sends the wrong message. But yeah, you are right... hug has become the important topic. https://t.co/3sdegtPrhn
— Ram Subramanian (@VORdotcom) July 20, 2018
Hug it out is the new sort it out
— Ekta Kapoor (@ektarkapoor) July 21, 2018