ބޭބެ އަރްޖުން ކަޕޫރް އާ އެކު ޖާންވީ ކަޕޫރް 'ކޮފީ ވިތް ކަރަން' އަށް

ޝަޝާންކް ޚަައިތާންގެ ގެ 'ދަޅަކް' އިން ބޮލީވުޑަށް ތައާރަފްވި ސްރީ ދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރް އޭނާގެ ފުރަތަމަ ޓޯކް ޝޯ އަށް ތައްޔާރުވެއްޖެއެވެ. ކަރަން ޖޯހަރްގެ "ކޮފީ ވިތް ކަރަން' ގެ އާ ސީޒަންގައި ޖާންވީ އެ ޗޯގައި ބައިވެރިވަނީ އޭނާގެ ބޭނެ އަރްޖުން ކަޕޫރް އާއެކުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ އަރްޖުން އާ ޖާންވީ ސްކްރީނުން އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ. ކޮއްކޮ އާއި ބޭބެގެ ކުރީން ނޭނގޭ ވާހަކަތައް މި ޝޯ އިން އެނގޭނެއެވެ. ޖާންވީ އާއި އަރްޖުންގެ ފޭނުން މިހާރު ތިބީ ޝޯގެ އިންތިޒާރުގައެވެ.

މި ދެފަންނާނުންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ބަލާއިރު އަންނަ އޮކްޓޮބަރު މަހު އަރްޖުން ގެ 'ނަމަސްތޭ އިންގލެންޑް' ރިލީޒް ކުރާނެއެވެ. ޖާންވީ ވަނީ ކަރަން ޖޯހަރްގެ 'ތަޚްތް' އަށް ސޮއެު ކޮށްފައެވެ. 'ތަޚްތ' އަކީ މަޝްހޫޜު ގިނަ ފަންނާނުންނާ އެކު އުފައްދާ ފިލްމެކެވެ. މިއީ ޝާހް ޖަހާން އާއި މުމްތާޒްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ލިޔެފަިއވަ ވާހަަކައެވެ.     

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.