ރައީސް މުޙައްމަދް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނާ މުޚާޠަބުކޮށް ހުކުރު ދުވަހު ހެނދުނު ދެއްވި ރޭޑިއޯ ޚިޠާބުތައް އެއްފޮތަކަށް އެކުލަވާލައި ފޮތެއް ނެރެފިއެވެ. 'ރައީސް ނަޝީދުގެ ރޭޑިއޯ ޚިޠާބު 2009' އެއް ނެރެދެއްވީ ޖެޒް ކެފޭގައި މިރޭ ބޭއްވި ހަފްލާއެއްގައި ނަޝީދުގެ ގާތް އެކުވެރިޔާ އަދި ލިޔުންތެރިޔާ އަހްމަދް އަލީ ނަސީރެެވެ.
ރޭޑިއޯ ޚިޠާބެއް ދެއްވުން މުހިއްމުވީ ސަބަބާއި ހުކުރު ދުވަސް ޚިޔާރު ކުރި ސަބަބުގެ މައްޗަށް އަލިއަޅުއްވައި އަހްމަދް އަލީ ނަސީރު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ރާއްޖެއަކީ އިސްލާމީ ގައުމަކަަށް ވުމާއި ހުކުރު ދުވަހަކީ އެންމެ މާތް ދުވަސްކަމަަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ރޭޑިއޯ އަކީ އެންމެ އިފެކްޓިވެ އެންމެ ޚަރަދު ކުޑަ ޗެނެލް ކަމަަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސަކަށް ހުންނަވާ ބޭފުޅަކު ކޮންމެ ހުކުރުދުވަހަކު ސީދާ ސިޓިންރޫމަށް ވަޑައިގެން ސަރުކާރުން ހިންގަމުންދާ، އަދި ކުރިއަށް ރާވާފައިވާ ހުންނަ ކަންކަން ރައްޔިތުންނަށް އަންގަވައިދެއްވުމަކީ އޯގާތެރި ވެރިކަމުގެ އެންމެ ރަނގަޅު މިސާލުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެއީ މިހާރު މިފެންނަ ވެރިކަމާ ސީދާ އިދިކޮޅު ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު ވަނީ 2009ވަނަ އަހަރުގެ ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެން 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3ވަނަ ދުވަހާ ހަމައަށް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ރައްޔިތުންނާ މުޚާޠަބު ކުރައްވާފައެވެ. އެމުއްދަތުގެ ތެރޭގައި އެމަނިކުފާނު ވަނީ 133 ޚިޠާބު ދެއްވާފައެވެ. މިރޭ ނެރުނު ފޮތުގައި ހިމެނެނީ ހަމައެކަނި 2009ވަނަ އަހަރު އެމަނިކުފާނު ދެއްވި ޚިޠާބުތަކެވެ.
މިފޮތަކީ ތާރީޚަށް ލޯބިކުރައްވާ ފަރާތްތަކާއި ދަރިވަރުންނަށް މުހިއްމު ލިޔުންތަކަށް ވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހަމައެހެންމެ 2009 ގެ އިތުރުން ރައިސް ނަޝީދު ދެއްވި ހުރިހާ ޚިޠާބެއްވެސް ޓްރާންސްކްރިޕްޝަން ހެދިގެން ނުކުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އަހްމަދް އަލީ ނަސީރު ވިދާޅުވިއެވެ.
އިވެންްޓް ތައާރަފް ކުރެއްވި ފަރާތުން ވިދާޅުވިގޮތުގައ ރައީސް މުޙައްމަދު ނަޝީދުގެ ޚިޠާބުތައް މިހާރު ވަނީ ރައީސް އޮފީހުގެ ވެބްސައިޓުން ނަގާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ޚިޠާބުތަކަކީ ރައީސް ނަޝީދުގެ ކުރު ވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދިވެހީން ދެކެމުން ދިޔަ ޚިޠާބުތަކެކެވެ. އަދި ދިވެހީންގެ ޖުމްލަ ޠަބީޢަތާއި، ވިސްނުމާއި، ވެރިކަމާ ދޭތެރޭ ދެކެމުންދިޔަ ގޮތް ބަދަލުވަމުން ދިޔަކަން އެ ޚިޠާބުތަކުން ފެންނަމުން ދިޔައެވެ.
އިވެންޓް އިންތިޒާމްކުރި ފަރާތުން ހާމަކުރެއްވި ގޮތުގައި މިފޮތް ކުތުބުޚާނާ ތަކާއި އެހެނިހެން ތަންތަނުން ލިބެން ހުންނާނެއެވެ.
Raees @MohamedNasheed 2009 vana aharu dhevvi radio hithaabuthah eh fothakun. Miee dhivehi bahuge mussa’ndhikamaa veriyeh rayyithunnaa onnanvee gaaikan haamakoddhevvi hithaabu thakeh. #Shukuriyyaa #FreeRaeesNasheed pic.twitter.com/Dt9Y7tuqLD
— Mohamed Shifaz? (@mdpshippe) September 15, 2018
ތިޔަފޮތުގަ އޮންނާނެތޯ ހައްދުޖެހުމާބެހޭގޮތުން ރައްޔިތުންގެ ޚިޔާލުހޯދަން ވިދާޅުވި ވާހަކަވެސް