މެލޭޝިއާއިން ވެސް އާސަންދަ ލިބޭނެގޮތް ހަދައިދޭނަން: ފައިސަލް

ފައިސަލް ނަސީމް

އިންޑިއާއާއި، ސްރީލަންކާ އިން އާސަންދަ ލިބޭފަދައިން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މެލޭޝިއާއިން ވެސް އާސަންދަ ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދައްލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޕާކް ރޯޔަލް ހޮޓަލުގައި މިއަދު ދިވެހިންނާ ބައްދަލު ކުރައްވައި ފައިސަލް ނަސީމް ވިދާޅުވީ މެލޭޝިއާގައި އުޅެމުންދާ ދިވެހިންގެ ހާލު ބައްލަވައިފައިވާ ކަމަށެވެ. ދިވެހިމްގެ ހާލު ބެއްލެވުމަށްފަހު އެމީހުންނަށް ދިމާވެފައިވާ ދަތިކަންތައް އެބޭފުޅުންގެ ވެރިކަމުގައި ހައްލު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މެލޭގައި އުޅޭ ދިވެހިންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ވިސާގެ މައްސަލަ ވެސް ހިމެނެއެވެ. ފައިސަލް ވިދާޅުވީ އެބޭފުޅުންގެ ވެރިކަމުގައި އެކަން ހައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މެލޭގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވާ މާލީ މައްސަލަތައް ހައްލު ކޮށްދެއްވުމަށް އެކުދިންނަށް ލުއިލޯނު ދެއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އެމަނިކުރާނު މެލޭގައި އުޅޭ ދިވެހިންނާ ބައްދަލު ކުރުމުގެ ހަފްލާއަށް ގިނައަދަދެއްގެ ބަޔަކު ދިޔައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.