މި އަހަރު 100 ކުރޯޑްގެ ލިބުނު 8ވަނަ ބޮލީވުޑް ފިލްމަކަށް 'ގޯލްޑް'

އަކްޝޭ ކުމާރްގެ އެންމެ ފަހުން ރިލީޒްކުރި ފިލްމް 'ގޯލްޑް' މިވަނީ 100 ކުރޯޑް ރުޕީސް މާކް ހުރަސްކޮށްފައެވެ. ފިލްމު ރިލީޒް ކުރިތާ 13 ދުވަސްވީއިރު ފިލްމަށްވަނީ 10.45 ކުރޯޑް ރުޕީސް ލިބިފައެވެ. ރީމާ ކަގްތީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސްޕޯޓްސް ޕީރިއަޑް ޑްރާމާ އެކެވެ. އާދީއްތަ ދުވަހާއި ހޯމަ ދުވަހު އިންޑިއާގެ މާކެޓްގައި ފިލްމަށް 99 ކުރޯޑް ލިބިފަިއވެއެވެ.

'ގޯލްޑް' އާ އެކު 100 ކުރޯޑް ހޯދާފައިވާ އަކްޝޭގެ ފިލްމުތަކުގެ އަދަދު 9 އަކަށް މިވަނީ އަރާފައެވެ. 100 ކުރޯޑް ހޯދާފައިވާ އަކްޝޭގެ އަނެއް 8 ފިލްމަކީ 'ހައުސްފުލް 2'، 'ރައުޑީ ރަތޯރް'، 'ހޮލިޑޭ'، 'ހައުސްފުލް 2'، 'ރުސްތުމް'، 'ޖޮލީ އެލްއެލްބީ 2 އާއި 'ޓޮއިލެޓް އެކް ޕްރޭމް ކާތާ' އެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.