އާފަތިސް ބަދިގެ: ކަދުރު ކޭކު

ފޮޓޯ: މަނާހިލް

ބޭނުންވާނެ ތަކެތި:

1 ކިލޯ ކަދުރު

1 ދަޅު ބަޓަރު

12 ބިސް

5 ޖޯޑު ފުށް

4 ޖޯޑު ހަކުރު

6 މޭޒުމަތީ ސަމުސާ ކިރު

1 މޭޒުމަތި ސަމުސާ މާމުއި

1 މޭޒުމަތީ ސަމުސާ ބޭކިން ޕަައުޑަރ

½ ސަމުސާ ބޭކިން ސޮޑާ

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

ކަދުރުން އޮށް ނަގައި ސާފުކުރުމަށްފަހު އޭގެ ތެރެއަށް ބައިޖޯޑު ހޫނު ފެން އަޅާފައި ބައިގަޑި އިރު ވަރު ބަހައްޓާށެވެ. 350 ޑިގްރީއަށް އަވަން ހޫނު ކުރަން ޖައްސާށެވެ. ދެން އިލެކްޓްރިކް މިކްސަރެއްގައި ބަޓަރު މިކްސް ކުރާށެވެ. އޭގެ ތެރެއަށް މަޑު މަޑުން ހަކުރު އަޅައި ރަނގަޅަށް ހަކުރު ވިރެންދެން ބަޓަރާއި އެއްކުރާށެެވެ. އެއްކުރެވުމުން މާމުއި ސަމުސަލާއި ކިރު އެޅުމަށް ފަހު މަޑު މަޑުން ފުށް އެއްކުރާށެވެ. ފުށާއި ބަޓަރު ކްރީމް އެކުރެވުމުން ކަދުރު ކުޑަކޮށް އަތުން ޗަސްކޮށްފައި ފުށްގަނޑުގެ ތެރެއަށް އަޅާށެވެ. މިކްސަރު ގެ ސްޕީދް ދަށް ކުރުމަށްފަހު ފުށްގަނޑުގެ ތެރެއަށް ކަދުރު އެއްކޮށް ކަދުރާއި ފުށް އެކުވަންދެން ގިރާށެވެ. ޓްރޭ އެއްގައި މާޖިރީން ހޭކުމަށްފަހު ޓްރޭ އަށް ކޭކު ފުށްގަނޑު ޓްރޭއަށް އަޅައި 45 މިނިޓް ވަންދެން އަވަނުގައި ފިހާށެވެ.

ކޭކު ފިހެވުމުން އަވަނުން ނަގައި ހިހޫ ވަންދެން ބަހައްޓާށެވެ. ހިހޫ ވުމުން ފުށުން ޖަހާށެވެ.

މި ކޭކުން ގާތްގަނޑަކަށް 12 މީހުންނަށް ސާވް ކުރެވޭނެއެވެ.  

ނޯޓު: ބޮޑު ޓްރޭ އެއް ނުވަތަ ކުދި ޓްރޭތަކެއް ވެސް ބޭނުން ކުރެވިދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.