މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީގެ ފުރަތަމަ ޕޯސްޓަރގައި ކަންގަނާ ގެ ލުކް ހަނގުރާމައިގެ މައިދާނުން

ކަންގަނާ ރަނޯތުގެ 'މަނިކްރަނިކާ: ދަ ކުއީން އޮފް ޖާންސީ'ގެ ފުރަތަމަ ޕޯސްޓަރު މިނިވަން ދުވަހާ ދިމާކޮށް ނެރެފިއެވެ. ޕޯސްތަރު ޝެއަރ ކޮށްފައިވަނީ ފިލްމް ކްރިޓީކް ތަރުން އަދާޝް އާއި ފިލްމުގެ ޕްރޮޑިއުސަރު ކްރިޝް ޖަގަރްލަމުދީ އެވެ.

މަނިކްރނިކާގައި ކަންގަނާ ކުޅެނީ ރާނީ ލަކްޝްމީ ބާއީގެ ރޯލެވެ. ޕޯސްޓަރުން ކަންގަނާ ފެންނަނީ ދަރިފުޅު ބުރަކަށީގައި ބަނދެގެން އަހަކަށް ސަވާރުވެ ހަނގުރާމަވެރީންނާ ކުރިމަތިލާން ދާ މަންޒަރެވެ.

މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ އަކީ އިރުމަތީ އިންޑިއާ އާއި ދެކޮޅަށް ރާނީ ލަކްޝްމީ ބާއީ ކުރި ހަނގުރާމަިއގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައިގެ މައްޗަށް އުފައްދާ ފިލމްކެވެ. މި ހަނގުރާމައަށް އޭނާ ވެގެން ގޮސްފައިވަނީ އިންޑިއާ އަށް މިނިވަންކަން ހޯދައި ދިނުމަށް ހަނގުރާމަ ކުރި ފުރަތަމަ ހަނގުރާމަވެރީންގެ ތެރޭގައެވެ. މި ފިލްމުގައި ޖާލްކަރްބާއީ ގެ ރޯލު ކުޅެނީ ޓީވީ ތަރި އަންކިތާ ލޮކަންޑޭ އެވެ. ތަތްޔާ ތޯޕޭ އަތުލް ކުލްކަރްނީ ގެ ރޯލު ކުޅޭ އިރު ސޯނޫ ސުއޫދު ކުޅެނީ ސަދާޝިވްގެ ރޯލެވެ.

ރާނީ ލަކްޝްމީ ބާއީގެ ރޯލާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަންގަނާ ނެރުނު ބަޔާނެއްގަި ބުނެފައިވަނީ އެ ރޯލު ކުޅުމަށް އޭނާ ތަފާތު ތަމްރީނުތަކުގައި ބައިވެރިވެ ތަމްރީނު ހޯފައިވާކަމަށެވެ. އެގޮތުން ކަނޑި ހަނގުރާމަ އާއި އަސް ދުއްވުން ފަދަ ބައެއް ކަންކަން އޭނާ ފާހަގަކޮށްފައިވެއެވެ. އަސް ދުއްވަން ދަސްކުރަން ފެށިތާ ދެ ދުވަސްތެރޭގައި ވަރށް ބޮޑަށް ހުން އައިސް ކަމަށް އޭނާ ބުނެފައިވެއެވެ. ރާނީ ލަކްޝްމީ ބާއީގެ ހިތްވަރު އޭނާ އަށް އެކަމުންވެސް އެނގުނު ކަމަށް ކަންގަނާ ބުނެފައިވެއެވެ. ތަމްރީނު ތަކާ އެކުވެސް ރާނީ އާއި ގާތްކުރާ ވަރަށް އޭނާގެ ހިތްވަރު ނެތް ކަމަށް ކަންގަނާ ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރާނީގެ ބައި ވީހައި ރަނގަޅަށް އެހިތްވަރު ދެއްކޭތޯ އޭނާ މަސައްކަތް ކުރިކަމަށް ކަންގަނާ ބުނެފައިވެއެވެ.

މި ފިލްމަށް ޔައްޔާރުވުމުގެ ގޮތުން ކަނޑިން ހަނގުރާމަކުރުމަށް ކަންގަނާ ޓްރެއިނިން ހަދަމުން ދިޔައިރު ކަނޑިއަކުން އޭނާ މޫނުގައި ޖެހި ހޮސްޕިޓަލުން ފަރުވާ ހޯދަންވެސް ޖެހުނެވެ. މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ ސިނަމާގައި އަޅުވާނީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25ވަނަ ދުވަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.