ޖޭޕީން އެމްޓީޔޫއާ ބައްދަލު ކުރައްވައިފި

ރާއްޖޭގެ ވިޔަފާރިވެރިންނަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށްޓަކައި ޖުމްހޫރީޕާޓީ (ޖޭޕީ) އިން މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޖޭޕީން ވަނީ ވިޔަފާރިވެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި އެމައްސަލަތައް ހައްލު ކުރެވިދާނެ ގޮތްތަކާއި އެކަންކަން ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން އެމްޓީޔޫއާ މަޝްވަރާ ކުރައްވައިފައެވެ.

މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވަނީ ވިޔާފާރިވެރިންނަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކުރައްވައި އެކަންކަން ރަނގަޅު ކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ސަރުކާރަށް ހުށަހަޅާށެވެ.

މި ބައްދަލުވުމުގައި އެމްޓީޔޫގެ ނާއިބު ރައީސް އާދަމް އާޒިމާއި، ކައުންސިލް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޖޭޕީގެ ފަރާތުން އިސްކޮށް ހުންނެވީ އިގްތިސާދީ ކޮމިޓީގެ ޗެއާމަން އަދި ކައުންސިލް މެންބަރު ސައުދު އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވެސް ވަނީ އެމްޓީޔޫއާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އިބޫ ވިދާޅުވެފައިވަނީ ވިޔަފާރިވެރިންނަށް ދމާވެފައިވާ މައްސަލަތައް އެމަނިކުފާނުގެ ވެރިކަމެއްގައި ހައްލު ކޮށްދެއްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.