ސަލްމާން އާއި ޕްރިޔަންކާ 'ބާރާތް' ގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ ސުޕަރސްޓަރ ސަލްމާން ޚާން އާއި ޕްރިޔަންކާ ޗޯޕްޅާގެ ފިލްމް 'ބާރާތް' ގެ ޝޫޓިން މިއަދު ފަށައިފިއެވެ. މިއީ ސަލްމާން އާއި ޕްްރިޔަންކާ 10 އަހަރަށްފަހު ސްކްރީން ހިއްސާކުރާ ފުރަތަމަ ފަހަރެވެ.

'ބާރާތް' ގެ ޝޫޓިން މިއަދު ފެށިކަން ހާމަކޮސްފައިވަނީ ފިލްމުގެ ޑައިރެކްތަރު އަލީ އައްބާސް ޒަފަރް މިއަދު ކުރީ ޓުވީޓެއްގައެވެ. އޭނާގެ ޓުވީޓުގައި ފިލްމުގެ ކާސްޓު ޓެގުކޮށްފައިވެއެވެ. އެއީ ސަލްމާން ޚާން އާއި ޕްރިޔަންކާ ޗޯޕްރާ އާއި ދިޝާ ޕަޓާނީ، ސުނިލް ގުރޯވަރ އަދި އަތުލް އަގްނިހޯތްރީ އެވެ.

ސަލްމާން އާއި ޕްރިޔަންކާ މީގެ ކުރީން ފެނިފައިވަނީ 'ގޯޑް ތޫސީ ގްރޭޓް ހޯ' އިންނެވެ. ސަލްމާން އާއި ޕްރިޔަންކާ އަކީ 'ސަލާމޭ އިޝްގް' އާއި 'މުޖްސެ ދޯސްތީ ކަރޯގޭ' ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޖޯޑެކެވެ. 'ބާރާތް' އަކީ މިދެތަރީންގެ ހަތަރުވަނަ ފިލްމެވެ. މިއަހަރުގެ ކުރީކޮޅު މި ފިލްމު އިއުލާން ކުރުމާއެކު ގިނަބަޔަކު ދަނީ މި ޕްރޮޖެކްޓަށް އިންތިޒާރު ކުރަމުންނެވެ.

އަލީ އައްބާސް ޒަފަރް އަންނަނީ ފިލމުގެ ތައްޔާރީތައް ދޭތެރެދޭތެރެެއިން ޓުވިޓަރ މެދުވެރިކޮށް ގެނެސްދެމުންނެވެ. މި ފިލްމުގައި ރާޖް ކަޕޫރް ގެ 'މޭރާ ނާމް ޖޯކަރު' ގެ ސާރކަސް ސިލްސިލާ އެއް ހިމަނާގޮތަށް ވަނީ ހަމަޖެހިފައެވެ. ސަލްމާން އާއި ދިޝާ ޕަޓާނީ އަންނަނީ އެ ސާރކަސް ސީކުއެންސަށް ވެސް ތައްޔާރުވަމުންނެވެ. އަލީ އައްބާސް ޒަފަރް މަސައކަތް ކުރަމުންދަނީ 'އިންޑިއަން-ރަޝިއަން' ސާރކަސް އެއް އުފެއްދުމަށެވެ. މި އެކްޓަށް ތައްޔާރުވުމަށް ދުނިޔޭގެ އެކި ގައުމުތަކުން ޕާފޯމަރުން މަސައްކަތް ކުރާނެއެވެ. ސަލްމާން ކުޅޭނީ ސްޓަންޓް މޮޓޮރސައިކްލިސްޓެއްގެ ރޯލެވެ. ދިޝާ ކުޅޭނީ ޓްރެޕީޒް އާޓިސްޓެއްގެ ރޯލެވެ.

'ބާރާތް' ގެ ތައްޔާރީތައް: 

'ބާރާތް' ގެ ޝޫޓިން ފަށާފައިވަނީ މުމްބާއީ ގައި ހުންނަ ފިލްމިސްތާން ސްޓޫޑިއޯ ގައެވެ. އޯގަސްޓު މަހާ ހަމައަށް ޝޫޓިން ކުރިއަށް ގެންދާނީ މި ސްޓޫޑިޯގައެވެ. އެއަށްފަހު މޯލްޓާގައި މަންޒަަރުތަކެް ނެގުމަށްފަހު އަބޫ ދާބީ ގައި ގައިވެސް ޝޫޓް ކުރާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.